ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް މިއަދު ހުށަހަޅާފައިވާއިރު ސޮއި ކުރި ލިސްޓްގައި ހިމެނޭކަމަށްބުނާ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އެކަން ދޮގުކުރައްވައި މަޖިލީހުގެ ރައީސަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ.
އެ ސިޓީފުޅުގައި އަހުމަދު ރަޝީދު ވިދާޅުވެފައިވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލާގައި ސޮއިކޮށްފައި ނުވާނެ ކަމަށާއި، ބަޔާނުގައި ކޮށްފައިވާ ސޮޔަކީ ސައްހަ ސޮއެއް ނޫން ކަމަށެވެ.
އެ މައްސަލަ ވީ އެންމެ އަވަހަކަށް ބައްލަވައިދެއްވުމަށްވެސް އެ ސިޓީގައި އެދިވަޑައިގެންފައި ވެ އެވެ.
އެމްޕީ އަހުމަދު ރަޝީދުގެ ސޮއި ސައްހަ ނޫން ކަމަށް ބުނެ މަޖިލީހުގެ ރައީސަށް ސިޓީފުޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ