މާދަމާ ހެނދުނު މައްޗަންގޯޅި އަދި މާފަންނުން ކަރަންޓު ކެނޑޭނެ - ސްޓެލްކޯ

މާދަމާ ހެނދުނު މާފަންނު އަދި މައްޗަންގޯޅިން ކުޑަ ވަގުތުކޮޅަކަށް ކަރަންޓް ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ މީޑިއަމް ވޮލްޓޭޖް ޑިސްޓްރިބިއުޝަން ނެޓްވޯކްގެ އޮޕަރޭޓިންގ މަސައްކަތް ކުރުމަށް ސްވިޗިން ކުރުމަށް 2107 އޯގަސްޓް 31 ވާ ބުރާސްފަތި ދުވަހު ހެދުނު މާފަންނު އަދި މައްޗަންގޯޅީގެ އެކި ސަރަހައްދުތަކަށް ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ.
ކަރަންޓުގެ ހިދުމަތް މެދުކެނޑޭނީ ހެނދުނު 6:15 ގައި ކަމަށް ވެސް ސްޓެލްކޯއިން ވަނީ  ބުނެފައެވެ.
ކަރަންޓް ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
ފަހަކަށް އައިސް މާލެ އިން ކަރަންޓް ކެނޑުން ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ