ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ގުޅޭ ތަންތަން ބަލާ ފާސްކުރާނަމަ އެންމެ ފުރަތަމަ ބަލަންވީ މާފުށީ ޖަލުކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ފާރިސް މައުމޫން ހައްޔަރުކުރުމަށްފަހު އެމަނިކުފާނާއި ގުޅޭގޮތުން ފުލުހުން ކުރަމުންދާ ތުހުމަތާއި ގުޅިގެން ހެކި ހޯދުމަށްކަމަށް ބުނެ ރައީސް މައުމޫން ދިރިއުޅުއްވާ އެންދެރިމާގެއަށް ފުލުހުން ވަނުމާއި ގުޅިގެން ފުލުހުންނާއި ވާހަކަދައްކަވަމުންނެވެ.
ފުލުހުންގެ އަރިހުގައި ރައީސް މައުމޫން ދެއްކެވި ބައެއް ވާހަކަފުޅުތައް އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވަނީ މީޑިއާތަކާއި ހިއްސާކުރައްވާފައެވެ.
ޔުމްނާ ވިދާޅުވީ ފާރިސް މައުމޫނާއި ގުޅޭ ތަންތަން ބަލާ ފާސްކުރާނަމަ އެންމެ ފުރަތަމަ ބަލަންވީ މާފުށީ ޖަލުކަމަށް ރައީސް މައުމޫން ފުލުހުންގެ އަރިހުގައި ވިދާޅުވިކަމަށެވެ.
އަދި އެންދެރިމާގޭގައި ފާރިސް މައުމޫންގެ އޮފީހެއް، އެޕާރޓްމަންޓެއްވެސް ނުހުންނާނެކަމަށް ރައީސް މައުމޫން ފުލުހުންނަށް ވިދާޅުވިކަމަށެވެ.
މީގެ އިތުރަށް ފުލުހުން ގެންގުޅޭ ކޯޓް އަމުރުގައި ރައީސް މައުމޫން ދިރިއުޅުއްވާ އެންދެރިމާގޭގެ ފުރަތަމަ ފަންގިފިލާ ބަލާ ފާސްކުރުމުގެ ވާހަކަ ނެތުމުން އެ ފަންގިފިލާ ބަލާ ފާސްކުރުމުގެ ހުއްދަ ނުދެވޭނެކަމަށް ރައީސް މައުމޫން ފުލުހުންނަށް ވިދާޅުވިކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.
ފާރިސްއާއި ގުޅޭ ތަންތަން ބަލާނަމަ ފުރަތަމަ ބަލަންވީ މާފުށީ ޖަލު: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ