އުފަންވާ ކުދިންނަކީ ފުރިހަމަ ސިއްހަތެއްގައި ތިބޭ ކުދިންނަށް ހަދަންޖެހޭ: އުމަރު

ރާއްޖޭގައި އުފަންވާ ކުދިންނަކީ ފުރިހަމަ ސިއްހަތެއްގައި ތިބޭ ކުދިންނަށް ހަދަންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2045 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެ އަކީ ތަރައްގީވެފައި އޮތް ގައުމަކަށް ހެދުމަށް އޭނާ ކަނޑައަޅާފައިވާ "މޯލްޑިވްސް ވިޝަން 2045" ހާސިލްކުރެވޭނީ މިހާރު އުފަންވާ ކުދިންނަކީ، ދެމައިންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވެ، ފުރިހަމަ ސިއްހަތުގައި އުފަންވާ ކުދިންނަށް ހެދިގެން ކަމަށެވެ.
އުމަރު މިހެން ވިދާޅުވެފައި ވަނީ ވޭތުވެ ދިޔަ 2 މަސްދުވަހު ރާއްޖެއިން ބޭސްފަރުވާ ލިބުމުގެ ދަތިތައް ހުރުމުގެ ސަަބަބުން މާޞަނޑު އަނހެންުންގެ ބަނޑަށް ދަރިފުޅު މަރުވާ މައްސަލަަތަކާ ގުޅިގެންނެވެ. އެގޮތުން ހއ. ބާރަށު އަންހެނެއްގެ ބަނޑަށް އޭނާގެ ދަރިފުޅު އިއްޔެ މަރުވި މައްސަލައަކީ ވަރަށް ހިތާމަކުރަންޖެހޭ ކަމެއް ކަމަށާއި އަދި އޭނާގެ އިހުލާސްތެރި ތައުޒިޔާ އެ އާއިލާއަށް ފޮނުވާ ކަމަށް އުމަރު ވިދާޅުވިއެވެ.
ފަރުވާ ނުލިބި މާބަނޑު އަންހެނުން ބަނޑަށް ދަރިފުޅު މަރުވާ މައްސަލައަށް އަލިއަޅުއްވާލައްވަމުން އުމަރު ވިދާޅުވީ، އަތޮޅުތެރޭގައި ދިރިއުޅޭ މާބަނޑު މީހުން، އެމީހުން ހަދަންޖެހޭ ޓެސްޓްތައް ހެދުމަށާއި އެކިއެކި ހާލަތްތަކުގައި ޑޮކްޓަރަށް ދެއްކުމަށް އަތޮޅު ހޮސްޕިޓަލަށް ނުވަތަ ރީޖަނަލް ހޮސްޕިޓަލަށް ކޮންމެހެން ކުރަންޖެހޭ ދަތުރަކީ ވަރަށް ދަތި އަދި ގިނަފަހަރު އަތްނުފޯރާ ވަރުގެ އަގެއް ދައްކަންޖެހޭ ދަތުރެއް ކަމަށެވެ. އަދި އެފަދަ ދަރުތަކަކީ އާދައިގެ ނިކަމެތި އާއިލާތަކަށް ވަރަށް ބޮޑު ވޭނެއް އިހުސާސްކުރަން ޖެހޭ ދަތުރުތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި މިކަމާ ގޅިގެން އޭނާ ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މާބަނޑު މީހުން ކަނޑު ހުރަސްކޮށް، ހޮސްޕިޓަލްތަކަށް ކުރަންޖެހޭ ދަތުރުތައް ހިލެ ކޮށްދެވޭނެ އިންތިޒާމް ހަމަޖައްސާވާނެ ކަމަށެވެ.
ކޮވިޑް-19 ފެތުރެމުންދާތީ ދަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅާަފއިވާ އިރު މި ވޭތުވެ ދިޔަ ދެ މަސްދުވަހުގެ ތެރޭގައި މާބަނޑު 3 މީހެއްގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައަކާއި ދުވަސް ނުފުރާ ވިހެއި އިރު 2 ކުދިން މަރުވެފައިވާ މައްސަލައެއް ވަނީ ފެންމަތި ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ