ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް މިރޭ މާލެވަޑައިގެންފި އެވެ.
ރައީސް މައުމޫން މީގެ ކުޑައިރުކޮޅެއް ކުރިން ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެމަނިކުފާނަށް މަރުހަބާ ދެންނެވީ އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނާއި، މަޖިލިސް މެންބަރުންނާއި ޕާޓީ ތަކުގެ ކައުންސިލް މެންބަރުންނެވެ. ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމުގައި އިސްކޮށް ތިއްބެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާއި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު އެވެ.
ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމަށް މާލޭގައި އެމްއެމްއޭ ކުރިމަތީގައި ވެސް ގިނަ ބަޔަކު މަޑުކޮށްލައިގެން އެބަތިއްބެވެ.
ރައީސް މައުމޫން މިދިޔަ މާޗް މަހު އިންޑިއާއަށް ވަޑައިގަތުމަށްފަހު އެގައުމުން ސިންގަޕޫރުން ވަޑައިގެން މިރޭ ރާއްޖެ ވަޑައިގެންނެވީ ސިންގަޕޫރުންނެވެ.
ރައީސް މައުމޫން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ ވަޑައިނުގެން ހުންނެވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ރައީސް މައުމޫން ރާއްޖެ ވަޑައިނުގެން ހުންނެވީ މިސަރުކާރުން އެމަނިކުފާނު ހައްޔަރުކުރާނެތީ އެކަމާއި ގުޅިގެން ކަމަށް ބުނެފަ އެވެ. ނަމަވެސް ރަައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ހައްޔަރުކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާ ހައްޔަރުކުރައްވާފެނެތީ ބިރު ނުގަންނަ ކަމަށެވެ. އަދި ހައްޔަރުކޮށްފާނެތީ އެއްވެސް އިރަކު އެމަނިކުފާނު ޖެހިލުންނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ގިނަ ދުވަސްތަކަކު ގައުމުން ބޭރުގައި އުޅުއްވުމަށްފަހު ރައީސް މައުމޫން ރާއްޖެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ