އިންޓަރ ކޮލެޖް/ހައި ސްކޫލް ހޭންޑްބޯޅަ މުބާރާތް ފަށައިފި

ހަތަރުވަނަ އިންޓަ ކޮލެޖް އަދި ހައި ސްކޫލް ހޭންޑްބޯޅަ މުބާރާތް ފަށައިފި އެވެ.
މިއަހަރުގެ މުބާރާތުގެ ކުޅުން އިއްޔެ ފެށިއިރު ހައި ސްކޫލް ބައި ކުރިއަށްދަނީ އަންހެން ފިރިހެން ވަކިންނެވެ. އެގޮތުން ހައި ސްކޫލް ބައިގެ އަންހެން ޑިވިޝަނުގައި ވާދަކުރަނީ ދެ ސްކޫލެކެވެ. އެއީ މެޕްސް އިންޓަނޭޝަނަލް ހައި ސްކޫލާއި ވިލާ ހައި ސްކޫލެވެ.
ހައި ސްކޫލް ބައިގެ ފިރިހެން ޑިވިޝަނުގައި ވާދަކުރަނީ މެޕްސް އިންޓަނޭޝަނަލް ހައި ސްކޫލާއި ވިލާ ހައި ސްކޫލްގެ އިތުރުން އަލް މަދަރުސަތުލް އަރަބިއްޔަތުން އިސްލާމިއްޔާ އެވެ. މި މުބާރާތުގެ ހައި ސްކޫލް ބައިގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
މި މުބާރާތުގެ ކޮލެޖް ބައިގެ ފިރިހެން ޑިވިޝަނުގައި ފަސް ކޮލެޖެެއް ވާދަކުރެ އެވެ. އެއީ ސައިރިކްސް ކޮލެޖާއި، އިސްލާމިކް ޔުނިވާސީޓި އޮފް މޯލްޑިވްސްއާއި، ވިލާ ކޮލެޖާއި، މެޕްސް ކޮލެޖުގެ އިތުރުން މައި ކޮލެޖެވެ.
މީގެ އިތުރުން ކޮލެޖް ބައިގެ އަންހެން ޑިވިޝަނުގައި ވާދަކުރަނީ ސައިރިކްސް ކޮލެޖާއި، އިސްލާމިކް ޔުނިވާސީޓި އޮފް މޯލްޑިވްސްއާއި، ވިލާ ކޮލެޖާއި، މެޕްސް ކޮލެޖާއި، މައި ކޮލެޖުގެ އިތުރުން ގައުމީ ޔުނިވާސިޓީ އާއި ކްލިކް ކޮލެޖެވެ.
މުބާރާތުގެ މެޗުތައް ހޭންޑްބޯލް ގްރައުންޑުގައި ކުރިއަށްދާއިރު ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ