މޫސުން ގޯސްވަނީ ސައިކްލޯނެއް އުފެދުމުގެ ސަބަބުން: މެޓް

މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އާއްމު ގޮތެއްގައި ވިއްސާރަ ކުރާނެ ދުވަސްވަރެއް ކަމަށާއި އެހެންނަމަވެސް އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް އާދަޔާ ހިލާފަށް މޫސުން ގޯސްވެފައި ވަނީ ސައިކްލޯނެއް އުފެދުމުގެ ސަބަބުން ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ސައިކްލޯން އުފެދިފައި ވަނީ ބޭ އޮފް ބެންގާލްގައެވެ. މިދިޔަ އަހަރުވެސް ހުޅަނގު މޫސުމުގައި ބޭ އޮފް ބެންގާލްގައި ސައިކްލޯނެއް އުފެދުނެވެ.
ސައިކްލޯނުގެ އަސަރު މާ ބޮޑަށް ރާއްޖެއަށް ނުކުރި ނަމަވެސް ރާއްޖޭގެ ބައެއް ސަރަހައްދުގައި ވައި ގަދަވާނެ ކަމަށް މެޓުން ލަފާ ކުރެއެވެ. އެކަމަކު އެ ސައިކްލޯން ދާނީ ރާއްޖެއާ ދުރަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ބ. އަތޮޅުން ފ. އަތޮޅަށް މެޓުން ވަނީ އޮރެންޖު އެލާޓުވެސް ނެރެފައެވެ. މިއީ ފަހުގެ ތާރީހެއްގައި އޮރެންޖު އެލާޓު ނެރުނު ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ