ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރާއި ބެހޭގޮތުން އޭނާގެ ކުރީގެ އަނބިމީހާ މީސްމީޑިއާގައި ދައްކާފައިވާ ވާހަކަތައް އޭނާ ދޮގުކުރައްވައިފިއެވެ.
ޒަރީރުގެ ކުރީގެ އަނބިމީހާ، ފާތިމަތު ޝަޒްރާ ވަނީ، ވާބަލް އަދި ފިޒިކަލް އެބިއުޒް، ގެވެށި އަނިޔާ އަދި ރޭޕްގެ ތުހުމަތުވެސް މެމްބަރުގެ މައްޗަށް ކޮށްފައެވެ. އެގޮތުން ޝަޒަރާ ވަނީ މިވާހަކަތައް ހިއްސާކޮށް ޒުވާބުކޮށް އަޑުގަދަކުރާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ހިއްސާކޮށްފައެވެ.
މިކަމާއި ގުޅިގެން މެމްބަރު ނެރުއްވި ބަޔާނުގައި ވިދާޅުވީ، އެވާހަކަތައްް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އެވާހަކަތަކަކީ ކަނަޑައެޅިގެން ހަގީގަތާއި ޚިލާފު، ޣީރަތްތެރިކަމުގެ ވިހައިގައި އުފަން ކުރުވާ މަސްނޫއީ ބުހުތާނެއް ކަމަށެވެ.
އަދި، އެއީ އޭނާގެ ދޮށީ އަންހެން ދަރިފުޅަށް އަނިޔާކުރުމުން، ޖެންޑަރ މިނިސްޓްރީ އަދި ފުލުހުން ޝަޒްރާއާއި އޭނާގެ މިހާރުގެ ފިރިމީހާ ދިރިއުޅޭ ގެއަށް ގޮސް، އެމީހުން ގެއިން ނެރުމުން، ކަމުގެ ހަގީގަތް އޮޅުވާލުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ.
ޒަރީރު ވިދާޅުވީ، އޭނާގެ ދޮށީ އަންހެން ދަރިފުޅު ވަނީ ދޮން ބައްޕަ އެކުދިންނާއެކު އެއް ގެއްގައި ދިރިއުޅޭތީ އެކަމާމެދު ހިތްހަމަނުޖެހުން ފާޅުކޮށް ކުދީންގެ މަންމަ ކައިރި ޝަކުވާކޮށްފައިކަމަށެވެ. ނަމަވެސް، މިވާހަކަތައް ނާހައި ދަރިފުޅާއި ދޮން ބައްޕައާ ދެމެދު ގާތް ގުޅުމެއް އުފެއްދުމުގެ ބޭނުމުގައި ދަރިފުޅަށް އެކި ގޮތް ގޮތުން ޓޯޗަރ ކުރަމުން ދިޔަ ކަމަށެވެ.
އަދި، އެކަމާ ދަރިފުޅު ދެކޮޅު ހަދާތީ މަންމަގެ ފަރާތުން ކުއްޖާއަށް އަނިޔާތަކެއް ލިބެމުންދިޔަ ކަމަށާއި، އެކަންކަމަށް ކެތް ނުކުރެވިގެން މީގެ 10 ވަރަކަށް ދުވަސް ކުރީން އެވާހަކަތައް މެމްބަރާ އޭނާގެ ދަރިފުޅު ހިއްސާކޮށްފައިވާކަމަށް ޒަރީރު ވިދާޅުވިއެވެ.
މީގެއިތުރުން، ޝަޒްރާ ހިއްސާ ކޮށްފައިވާ ވީޑިއޯއަކީ ވެސް މީގެ އެތައް އަހަރެއް ކުރިން ގޭގައި ހިނގާފައިވާ ޒުވާބެއްގެ އެއްބައި ލައިގެން އޭނާ ބަދުނާމު ކުރަންވެގެން ހިއްސާ ކޮށްފައިވާ ވީޑިއޯއެއް ކަމަށާއި ހަގީގަތަކީ ޝަޒްރާ މަސައްކަތް ކުރަމުން ދިޔައީ ދަރިފުޅަށް ކުރަމުން ގެންދިޔަ އަނިޔާ ޖެންޑާގެ ސަމާލު ކަމަށް ގެނައުމުން އެކަމުގެ ހަގީގަތް އޮޅުވާލުން ކަމަށް ޒަރީރު ނެރުނު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މެމްބަރު ޒަރީރާ ބެހޭގޮތުން ލިޔެފައިވާ ވާހަކަތައް ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ