މާޅޮހުގެ ކަރަންޓު ނެޓްވޯކް: 1322 މީޓަރުގެ ކޭބަލް ވަޅުލައިފި

އއ. މާޅޮހުގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތަކުގެ ތެރެއިން 1322 މީޓަރުގެ ކޭބަލް ވަޅުލާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ކުރިން ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގެ ބަދަލުގައި އާ ފޮށި ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މި މަސައްކަތް މުޅިން ނިމުމާއެކު މާޅޮހަށް ދިމާވެފައިވާ، ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ އެއްކޮށް ހައްލުވެ، އެކަމުގެ ފަސޭހަތައް މާޅޮހު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މާޅޮހުގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތްތައް ކުރިއަށް ދާއިރު ސްޓެލްކޯއިން ދަނީ އެހެނިހެން ރަށްރަށުގައިވެސް ހުންނަ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.
އެކުންފުނިން ވަނީ، ފެނާއި ނަރުދަމާ ނިޒާމު އަޅަން ހަވާލުނުކޮށް ހުރި ބައެއް ރަށްރަށުގައި އެ މަސައްކަތްތައް ކުރުމަށް ހަވާލު ވެސް ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ