ރައްޔިތުންގެ އެއްބާރުލުން ސަރުކާރަށް އޮތްކަން އެނގިގެން ދިއުމަކީ ތަރައްގީގެ މަޝްރޫއުތަކަށް އެހެން ގައުމުތަކުން ލޯނު ނަގާއިރު ވަރަށް މުހިންމު ދައުރެއް ކުޅޭ ކަމެއް ކަމަށް ޖުމުހޫރީ ޕާޓީގެ ރައީސް އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އެހެން ވިދާޅުވީ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްފޭނަށް މިއަދު ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ.
ގާސިމް ވަނީ މިއަދު ހެނދުނު ރައީސް ސޯލިހް އިއްވެވި ރިޔާސީ ބަޔާނަށް ތައުރީފް ކުރައްވާފަ އެވެ. އަދި އެއީ ވަރަށް ފުރިހަމަ ބަޔާނެއް ކަމަށް ވިދާޅުވި އެވެ. ރާއްޖެ ރައީސްކަން ކުރެއްވެވި ބޭފުޅުން ދެއްވެވި ބަޔާންތަކުގެ ތެރެއިން މިއަދު ރައީސް ސޯލިހް ދެއްވި ބަޔާނަކީ އެންމެ ފުރަހަމަ ބަޔާން ކަމަށެވެ.
އެމްޑީޕީއަށް ކޮމަންޑޫ ދާއިރާގެ ގޮޑު މުހިންމުވަނީ ހަމައެކަނި އެ ދާއިރާގެ ތަރައްގީއަށް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ. ރާޝިދަށް ވޯޓު ދޭން ޖެހެނީ ދައުލަތުގެ ކުރިއެރުމަށް ކަމަށާއި ސަރުކާރަށް އެހީއަށް އެދުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެތީ ކަމަށެވެ.
ކޮމަންޑޫގައި މިއަދު ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ
ކޮމަންޑޫ ދާއިރާއަށް ކުރިއެރުން ލިބުމަކީ އެދިލައްވާ ކަމެއް ކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ އެ ދާއިރާގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް މިހާރު ސަރުކާރު ފަށާފައިވާ ކަމަށެވެ.
" އެއިރެއްގައި އޮންނަ ސަރުކާރަށް ރައްޔިތުންގެ އެއްބާރުލުމާއި އެއްބައިވަންތަކަށް އޮތްކަން އެނގިގެން ދިއުމަކީ ފައިސާ ދޭ ފަރާތްތަކަށް، ލޯނު ނަގަން އަޅުގަނޑުމެންދާ ފަރާތްތަކުން ލޯނު ދިނުމުގަޔާއި އެހީތެރިވުމުގައި ވަރަށް މުހިންމު ދައުރެއް ކުޅޭ ކަމެއް." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ މިހާރުވެސް އޮތީ އެމްޑީޕީގައި ކަމަށެވެ. އެހެންމަުން ގާނޫނު އަސާސީ ބަދަލުކުރުމަށް އެއްވެސް ހުރަހެއް ނެތްކަން ފާހަގަކުރައްވަމުން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮޑި ކާމިޔާބު ކުރުން މުހިންމީ ގައުމުގެ ކުރިއެރުމަށް ކަމަށެވެ.
އެމްޑީޕީއަށް ގޮނޑި ދޭންވީ ސަރުކާރަށް ފަސޭހަކޮށްދޭން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ