ސުޕްރީމް ކޯޓުގެ އަޑުއެހުންތައް މަރުގެ މައްސަލައަކުން ފަށަނީ

ރިސެސްގެ މުއްދަތު ނިންމާލުމަށްފަހު ސުޕްރީމް ކޯޓުގެ އަޑުއެހުންތައް މަރުގެ މައްސަލައަަކުން މާދަމާ ފެށުމަށް ނިންމައިފި އެވެ.
މާދަމާ އަޑުއެހުންތައް ފެށުމަށް ހަމަޖައްސާފައިވަނީ 2012 ވަނަ އަހަރުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މާލޭގައި ބިދޭސީ އަކު މަރާލި މައްސަލާގައި ހުކުމްކޮށްފައިވާ ބިދޭސީއެއްގެ ފަރާތުން އިސްތިއުނާފް ކުރި މައްސަލަ އަކުންނެވެ.
ސުޕްރީމް ކޯޓުގެ އަޑުއެހުންތައް މާދަމާ އަލުން ފަށާއިރު އެ ކޯޓު ރިސެސްއަށް ދިއުމުގެ ކުރިން އެންމެ ފަހުން ނިންމި މައްސަލައަކީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހު ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފީ މައްސަލައެވެ.
މިދިޔަ އަހަރު ސުޕްރީމް ކޯޓުން ގިނަ އަދަދެއްގެ ބޮޑެތި އަދި މުހިއްމު މައްސަލަތަކެއް ނިންމާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ