އުނގޫފާރު ކައުންސިލްގެ ރޯދަ ހަދިޔާ: މިފަހަރުވެސް ރޯދަމަހު ކަރަންޓް ފީ ހިލޭ

އުނގޫފާރު ކައުންސިލް މެންބަރު މުނީޒް މޫސާ ފޭސްބޫކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނިމުނު އަހަރުގެ ރަމަޟާން މަހަކޭ އެއްގޮތައް މި ރަމަޟާންމަހު ވެސް އުނގޫފާރުގައި މީހުން ދިރިއުޅޭ ހުރިހާ ގޭބިސީއަކަށް ކަރަންޓުގެ ހިދުމަތް ހިލޭ ފޯރުކޮށްދިނުމަށް އުނގޫފާރު ކައުންސިލުން ނިންމާފައިވާ ކަމަަށެވެ. ކަރަންޓް ބިލު މައާފު ކޮށްދޭން ނިންމީ 1އެޕްރީލް އިން 15 މެއި 2022 ގެ ނިޔަލަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި އުނގޫފާރަކީ ރައްޔިތުންގެ ކަރަންޓުގެ ނަމުގައި ކަރަންޓުގެ ހިދުމަތް ކައުންސިލުން ދެމުންދާ ރަށެކެވެ. އެހެންކަމުން އެ ކައުންސިލުމް މި ފަހަކަށް އައިސް ރަމަޟާން މަހާއި ގުޅުވައިގެން ކަރަންޓު ހިލޭ ދެމުންދާކަން ފާހަގަ ކޮަށްލެވެއެވެ. އަދި ކޮވިޑް19 އެންމެ ބޮޑަށް ފެތުރުނު ދުވަސްވަރު ކަރަންޓު ބިލުގެ 50 އިންސައްތަ މައާފު ކޮށްދީފައިވެސް ވެއެވެ. އުނގޫފާރަކީ ތިންހާހެއްހާ މީހުންގެެެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ