ހަފްތާ ބަދިގެ: ޗީޒީ ޗިކަން ކަޕްސް


ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ފިޔާކޮޅު އަޅައި ރަތްކޮށްލާށެވެ. ދެން މީގެ ތެރެއަށް ކުކުޅު, އަސޭމިރުސް އަދި ލޮނު އެޅުމަށްފަހު ކުކުޅުކޮޅު ރޯފިލުވާލާށެވެ. ކުކުޅުކޮޅު ރޯފިލުމުން ހިހޫ ކުރުމަށް އެއްފަރާތެއްގައި ބަހައްޓާލާށެވެ. ދެން މި ކުކުޅުކޮޅުގެ ތެރެއަށް މަޔޮނައިސް އަދި ސަބްމެރިން ސޯސް އެޅުމަށްފަހު އެއްކޮށްލާށެވެ.
ފިލޯ ޝީޓެއް ނެގުމަށްފަހު ބޭނުން ސައިޒަކަށް ޝީޓް ކަފާލާށެވެ. ދެން މި ކެފި ޝީޓްކޮޅުގެ މަތީގައި ބަޓަރު ހޭކުމަށްފަހު ކަޕްކޭކް ފިހާ ޓްރޭގައި މި ޝީޓްތައް އަތުރާލާށެވެ.
އަވަން 180 ޑިގްރީ ސެލްސިއަސްއަށް ހޫނުކުރުމަށްފަހު މި ފިލޯ ކަޕްސްތަކަށް ރަން މުށިކުލަ އަރަންދެން ފިހެލާށެވެ. ކަޕްސްތައް ފިހެވުމުން މީގެ ތެރެއަށް ތައްޔާރުކުރި ކުކުޅުކޮޅު އެޅުމަށްފަހު މީގެ މައްޗަށް މޮޒަރެއްލާ ޗީޒްކޮޅެއް ބޭއްވުމަށްފަހު އަވަންގައި ޗީޒްކޮޅު ދިޔާ ވަންދެން ފިހެލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ