ހިންނަވަރަށް އުދައަރައި، ގެއްލުން ތަކެއް ލިބިއްޖެ

ޅ. ހިންނަވަރަށް އުދަ އަރާ، ގެއްލުންތަކެއް ލިބިއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ޅ.ހިންނަވަރަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ ވައިބާރުވުމުގެ ސަބަބުން ހިންނަވަރުގެ ބަނދަރު މައްޗަށް އުދައެރުމާއި އަދި އެރަށުގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެފައިވާ ކަމަށެވެ.
މިޙާދިސާއާއި ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ސިފައިން އެރަށުގައި ޙަރަކާތްތެރިވަމުން އަންނަ ކަމަށްވެސް އެއިދާރާއިން ވަނީ މަޢުލޫމާތު ދީފައެވެ.
ހިންނަވަރަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެރަށަށް އުދައަރައި ރަށުގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެފައިވާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިއަދު 12:26 ހާއިރު ކަމަށްވެސް އެއިދާރާއިން މަޢުލޫމާތު ދެއެވެ.
އުދަ އެރުމުގެ ސަބަބުން އެރަށު ތެރޭގައި ލޮނުގަނޑު ފެތުރެމުން ދާތީ ކައުންސިލާއި އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެން އަންނަނީ ގޭގެއަށް ފެން ވަނަ ނުދިނުމަށްޓަކައި ވެލިބަސްތާ ޖެހުމުގެ މަަސައްކަތް ކުރަމުން ކަމަށް މަޢުލޫމާތުވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ