މާވަށު ކައުންސިލް ރައީސްކަމަށް ޕީޕީއެމްގެ އަހުމަދު މޫސާ ހޮވިއްޖެ

ލ މާވަށު ކައުންސިލް ރައީސް ކަމަށް ޕީޕީއެމްގެ ކެންޑިޑޭޓް އަހުމަދު މޫސާ ހޮވިފައިވާ ކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކުރި ލޯކަލް ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިހާބުގައި މާވަށު ކައުންސިލް ރައީސް ކަމަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އަބްދުއްރަހްމާނަށް ލިބުނީ 531 ވޯޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓް އަދި މިހާރު ވެސް ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި އަހުމަދު މޫސާ އަށް ވަނީ 557 ވޯޓް ލިބިފައެވެ.
މާވަށު ކައުންސިލް ރައީސްއަކު ހޮވުމުގެ ދެވަނަ ބުރެއް ބާއްވަން ޖެހުނީ ވޯޓް އެއްވަރުވެފައި އޮތުމުންނާއި އެފޮއްޓަށް އެހެން ދާއިރާއެއްގެ މީހަކު ވޯޓް ލާފައި އޮތުމުންނެވެ. ހޮނިހިރު ދުވަހު ވޯޓް ނެގީ އެހެން ދާއިރާއެއްގެ މީހަކު ވޯޓް ލާފައި އޮތް ފޮށީގައި އެކަންޏެވެ.
މާވަށުގެ ކައުންސިލްގެ ރައީސްކަމުގެ ގޮނޑި އަށްވެފައިވާ ގޮތެއް ހޯދުމަށް އިދިކޮޅު ފަރާތްތަކުން އިއްޔެ ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާއިވެސް ބައްދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ