ކުރިއަށް އޮތް 4 ދުވަހު މޫސުން ގޯސްވާނެ، ސަމާލުވޭ

ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖެ ސަރަހައްދަށް މޫސުން ގޯސްވާނެތީ ސަމާލުވުމަށް މެޓް އޮފީހުން އެދިއްޖެއެވެ.
މެޓް އޮފީހުން ބުނެފައިވަނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ ސަރަހައްދުގައި އަދި ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތުން އާންމުގޮތެއްގައި ގަޑިއަކު 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އުދަ އެރުންވެސް އެކަށިގެންވާ ކަމަށް ބުނެފައިވެއެވެ.
ކުރިއަށް އޮތް ހަތަރު ދުވަހު ވައިގަދަވެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުމަށް ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ