ކޯޓުން ބޭރުގައި ކައިވެނިކޮށް ދިނުން ހުއްޓާލަނީ
ކޮވިޑް-19 އިން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ކަމާ ގުޅޭ އިދާރާތަކުން އަންގާފައިވާތީ ކޯޓުން ބޭރުގައި ކައިވެނިކޮށް ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަަށް ފެމިލީ ކޯޓުން ބުނެފި އެވެ.ފެމެލީ ކޯޓުން ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އެ ކޯޓުން ދެމުންދާ ހިދުމަތްތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.އެގޮތުން ޝަރީއަތާ ގުޅުންހުރި ފޯމުތަކާއި އެހެނިހެން ފޯމުތައް ބަލައިގަންނާނީ ޖަސްޓިސް ބިލްޑިން ފުރަތަމަ ފަންގިފިލާގައި ބަހައްޓާފައިވާ ޑްރޮޕް ބޮކްސްއާއި އީމެއިލް މެދުވެރިކޮށް، ރަސްމީ ދުވަސްތަކުގައި ހެނދުނު 08:00 ން މެންދުރު 13:00 އަށް ކަމަށާއި އީމެއިލް ކުރާނަމަ ފޮނުވާނީ [email protected] އަށް ކަމަށް އެ ކޯޓުން ބުންޏެވެ.މީގެ އިތުރުން ކާވެނިތައް މިހާލަތުގައި ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމީގަޑީ ކަމަށާއި އޮންލައިންކޮށް އަދި ކޯޓަށް ހާޒިރުވެގެން ކާވެނި ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ކޯޓުން ބުންޏެވެ.މިދުވަސްވަރު ކޯޓުން ބޭރުގައި ކާވެނިކޮށްދިނުން މެދުކަނޑާލާފައިވާއިރު ހަތެއް ފެބްރުއަރީ އިން ފެށިގެން ކޯޓުން ބޭރުގައި ކާވެނީގެ މަޖިލިސް ބޭއްވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތައް ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު ދިނުމަށް ކޯޓުން ގުޅާނެ ކަމަށް ފެމެލީ ކޯޓުން ބުންޏެވެ.މީގެ ކުރިންވެސް ކޮވިޑު ކޭސްތައް އިތުރުވާން ފެށުމުން ކޯޓުން ވަނީ ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުން މެދުކަނޑާލައިފައެވެ. އޭރު ކައިވެނި ކޮށްދިނީ އޮންލައިންކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ