ހަރުކަށި ފިކުރާއި ދެކޮޅަށް އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި ބައެއް މީހުން ކޯޓުން ދޫކޮށްލައިފި

މިމަހުގެ 6ވަނަ ދުވަހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު، ހަރުކަށި ފިކުރާއި ދެކޮޅަށް އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި ބައެއް މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަންތަކުގައި ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ތިބި 8 މީހުންގެ ތެރެއިން ފަސް މީހެއްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން އެމީހުން ދޫކޮށްލާފައިވާކަމަށެވެ. އަދި މި މައްސަލަ ފުލުހުން އަދިވެސް ތަހުގީގު ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.
ނަމަވެސް މި ފަރާތްތައް ދޫކޮށްލާފައިވަނީ ކީއްވެކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު ފުލުހުން ދަނީ ހަރުކަށި ފިކުރުގެ ފަރާތްތަކާާއި ދެކޮޅަށް މާލެއާއި އައްޑޫ ސިޓީގައި އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ