ވޭމަންޑޫ އަށް ކަރަންޓު ދެވޭނީ މިރޭ: ފެނަކަ

ތ. ވޭމަންޑޫ އަށް މިރޭގެ ވަގުތެއްގައި ކަރަންޓު ދެވޭނެ ކަމަށް ފެނަކަ އިން ބުނެފިއެވެ. ވޭމަންޑޫ އިންޖީނު ގޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެރަށުން ކަރަންޓު ކެނޑިފައިވުމާއެކު، ރަށަށް ކަރަންޓު ދިނުމަށް މިއަދު ހެނުނު ވަނީ ގުރައިދޫ އިން ޖެނެރޭޓަރު ސެޓެއް ގެންގޮސްފައެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ އެއަތޮޅު ގުރައިދޫ އިން 360 ކިލޯ ވޯޓްގެ ޖެންސެޓެއް މިއަދު ހެނދުނު ވޭމަންޑޫ އަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި ވޭމަންޑޫ ކަރަންޓުގެ މައްސަލަ އަށް ހައްލެއް ގެނެސް ހދުމަތް ދެވޭނެ ކަމަށް ފެނަކަ އިން ބުންޏެވެ. ވޭމަންޑޫ އިންޖީނުގޭގައި އަލިފާން ރޯވެ ރަށުން ކަރަންޓު ކެނޑުނީ އިއްޔެ މެންދުރު އެވެ. އާބާދީީގައި 1،100 އަށްވުރެ ގިނަ މީހުން އުޅޭ ވޭމަންޑޫ އިންޖީނުގޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އިންޖީނުގޭގައި ބޭނުންކުރަމުންދިޔަ ތިން ޖަނަރޭޓު ސެޓުވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ