މާލޭގައި އުޅޭ 30 އަހަރުން މަތީގެ މީހުންނަށް މާދަމާއިން ފެށިގެން ރައްޔިތުން މަޖިލިސް ކުރާ ގޭގައި ވެކްސިން ޖެހޭނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
އޭޑީކޭ ހޮސްޕިޓަލުން ވެކްސިންގެ ޚިދުމަތް މިމަހުގެ ދިހަވަނަ ދުވަހުން ފެށިގެން ދެމުން އަންނަނީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ.
އޭޑީކޭއިން ކުރި ޓުވީޓެއްގައި ބުނީ، ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ކުރިއަށްދާ ވެކްސިން ދިނުމުގެ ޚިދުމަތް އާންމުކޮށް ހުޅުވާލާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. 
އެގޮތުން އާންމުކޮށް ހުޅުވާލައިގެން ވެކްސިން ދެމުން ގެންދާނީ މާލޭ ސަރަޙައްދުގައި ދިރިއުޅޭ އުމުރުން 30 އަހަރުން މަތީގެ މީހުންނަށް ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.
އޭޑީކޭ އިން ބުނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ.
    
    މަޖިލީހުގެ އިދާރާއިން އެންމެންނަށްވެސް ވެކްސިން ޖެހޭނެ!
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            