އަނެއްކާވެސް މާސްކް ނާޅާ އުޅުނު 103 މީހަކު ޖޫރިމަނާ ކޮށްފި

އަނެއްކާވެސް މާސްކް ނާޅާ މަގުމަތީގައި އުޅުނު 103 މީހަކު ޖޫރިމަނާކޮށްފިއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ފާއިތުވީ 24 ގަޑިއިރު ތެރޭގައި 286 މީހަކު އުސޫލުތަކާ ޚިލާފު ވެގެން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
އެގޮތުން 103 މީހަކު ޖޫރިމަނާ ކުރީ މާސްކު ނާޅައި ބޭރުގައި އުޅެގެން ކަމަށާއި ކާފިއު ވަގުތު ބޭރުގައި އުޅެގެން 160 މީހަކު ޖޫރިމަނާ ކުރި ކަމަށް ވެސް ވިދާޅުވިއެވެ. ކާފިއު ވަގުތު ވެހިކަލް ދުއްވައިގެން 23 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ. މާލެ ސަރަހައްދުގައި ކާފިއު ހިންގަނީ ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށެވެ. މި ބާރަ ގަޑިއިރު ޒަރޫރީ ބޭނުމަށް ހުއްދަ ހޯދައިގެން ނޫނީ ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ.
އުސޫލާ ހިލާފުވާ މީހުން ޖޫރިމަނާ ކުރަމުންދަނީ 1000 ރުފިޔާއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ