އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު އިތުރުކޮށްފިއެވެ. އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލާން މިދިޔަ މަހުގެ 31 ވަނަ ދުވަހު ހުޅުވާލީ އެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ނަންތަކަށް މަޖިލީހަށް ރުހުން ދޭން ނުފެނުމުންނެވެ.ރައީސް އޮފީހުން އޭރު ބުނީ އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 11 އަދި 12 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރުފަހު 12:30 އަށް ރައީސް އޮފީހަށް ފޯމް ހުށަހެޅޭނެ ކަމަށެވެ.ނަމަވެސް އެ ދެ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ވަނީ ކަނޑައަޅުއްވައިފަ އެވެ.އެހެންކަމުން މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ 12:30 ގެ ނިޔަލަށް އިތުރުކޮށްފައެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަނުން ހުސްވެފައިވާ މެމްބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިނުވާތީއެވެ. މެމްބަރުކަމުގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސް އޮފީހުން މަޖިލީހަށް ފޮނުވީވެސް އެންމެ ނަމެކެވެ. އެއީ ށ. ކޮމަންޑޫ، އޭރީޒް، އައިޝަތު ލީޒާގެ ނަމެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ ލީޒާ އަކީ އެ މަގާމަށް އެންމެ ގާބިލު ބޭފުޅެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ