މިދިޔަ މަހުގެ ދެ ވަނަ ދުވަހު ތައިލެންޑުގައި ބޭއްވި އާންމު އިންތިހާބު ބާތިލް ކަމަށް އެ ގައުމުގެ ދުސްތޫރީ ކޯޓުން އިއްޔެ ކަނޑައަޅައިފި ހުކުމްކޮށްފި އެވެ.
ތައިލެންޑުގެ ބޮޑުވަޒީރު ޔިންްގްލަކް ޝިނަވަޓްރާ މިދިޔަ މަހު އިންތިހާބު ބޭއްވެނީ ދައުރު ހަމަ ނުވަނީހެވެ. އެއީ އޭނާގެ އިސްތިއުފާ އަށް އެދި ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމުގެ ބޭނުމުގަ އެވެ.
ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ނުވަ ފަނޑިޔާރުންގެ ބެންޗުން ހަ ފަނޑިޔާރަކު ތާއީދު ކުރައްވައިގެން އިންތިހާބު ބާތިލްކުރީ އިންތިހާބުގެ ވޯޓުލުން މުޅި ގައުމުގައި އެއް ދުވަހު ނުބޭއްވިފައި ވާތީ ކަމަށެވެ. އިންތިހާބު ބާއްވަން އުުޅުނު އިރު އިދިކޮޅު ފަރާތްތަކުން ވަނީ 28 ދާއިރާއެއްގައި ވޯޓް ރަޖިސްޓްރޭޝަން ހުއްޓުވައިފަ އެވެ. އަދި ވޯޓު ނަގާ 10 މަރުކަޒެއް ބަންދުކޮށްފައިވެ އެވެ.
ވެރިކަންކުރާ ޕާޓީން ބުނީ ހުކުމާ މެދު ކަންބޮޑުވާ ކަމަށާއި މި ހުކުމަކީ ނުބައި ފެށުމެއް ކަމަށެވެ. އިންތިހާބު ބާތިލް ކުރުމުން ތައިލެންޑުގެ މިހާރުގެ ސަރުކާރު ވެފައި ވަނީ ވަގުތީ ސަރުކާރަކަށެވެ.
ޔިންގްލަކްގެ ސަރުކާރާ ދެކޮޅަށް ހަތަރު މަސް ދުވަސް ވަންދެން މުޒާހަރާ ކުރި މީހުން ވަނީ ޔިންގްލަކް އިސްތިއުފާ ދެއްވުމަށް ފަހު "ރައްޔިތުންގެ ކައުންސިލް" އެއް އުފެއްދުމަށް ގޮވާލައިފަ އެވެ. މުޒާހަރާތަކުގައި 23 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވި ފަހުން މުޒާހަރާގެ ބައިވެރިން ވަނީ މުޒާހަރާގައި ފަހަތަށް ޖެހި، ލުމްޕީނީ ޕާކްގައި ކޭމްޕް ޖަހައިފަ އެވެ. –އޭއެފްޕީ
ތައިލެންޑުގެ އާންމު އިންތިހާބު ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ