ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވެވަޑައިގެންނެވި ފުރަތަމަ ވަޢުދު ފުއްދަވައިދެއްވިފައިވާތީ އެކަން ފާހަގަކުރުމުގެ ގޮތުން އެމްޑީޕީން މާލޭގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ.
ހެންވޭރު އުސްފަސްގަނޑުން މިރޭ 10.30 ހާއިރު ފެށި ހިންގާލުމުގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު އާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ.މުސްތަފާ ލުތުފީގެ އިތުރުން އެޕާޓީގެ އިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ގިނަ އަދަދެއްގެ އެމްޑީޕީގެ ދެ ޖިންސުގެ މެންބަރުންވެސް ބައިވެރިވި މި ހިނގާލުން ކުރިއަށް ގެންގޮސްފައިވަނީ އުސްފަސްގަނޑު ސަރަހައްދުން ބޮޑުތަކުރުފާނުމަގުން އިރަށް އައިސް މަޖީދީމަގުން ހުޅަނގަށް ގޮސް މާވިޔޮމަގުން އަމީނީމަގުން އިރަށް އައިސް އުސްފަސްގަނޑާ ހަމައަށެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު މިފަހަރުގެ އިންތީޚާބްގެ ފުރަތަމަ ވަޢުދަކަށްވީ އެމަނިކުފާނުގެ ނަން މިފަހަރުގެ އިންތިޚާބްގެ ވޯޓް ކަރުދާސް ކޮޅުގައި އޮންނާނެ ކަމުގެ ވަޢުދެވެ. ރައީސް ނަޝީދު އެވައުދު ވެވަޑައިގެންނެވީ އެމަނިކުފާނުގެ ނަންފުޅު މިފަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާސްކޮޅުގައި ނޯންނާނެކަމަށާއި ދިގު މުއްދަތަކަށް ޖަލަށް ލައްވާނެކަމަށް ބައެއް އިދިކޮޅު ފަރާތްތަކުން ވިދާޅުވަމުން ގެންދިވުމާއި ގުޅިގެންނެވެ.
ރިޔާސީ އިންތިހާބަށްޓަކާ ވީ ފުރަތަމަ ވައުދު ފުއްދައި އެކަން އެމްޑީޕީން ފާހަގަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ