ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ސްކޫލް ކުދިންގެ ހޭލުންތެރިކަން އިތުރުކޮށް، މައުލޫމާތު ހިއްސާ ކުރުމަށް ބާއްވާ ސްކޫލް ކުދިންގެ ގައުމީ މަހާސިންތާ މިއަދު ފަށައިފި އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަހާސިންތާ ރާއްޖޭގެ އެކި ސްކޫލުތަކުން 205 ދަރިވަރުން ބައިވެރި ވެއެވެ. އެގޮތުން އެ މަހާސިންތާގައި މާލޭގެ 17 ސްކޫލަކުން ބައިވެރިވެފަވާއިރު، އަތޮޅު ތެރޭގެ 24 ސުކޫލަކުން ވަނީ ބައިވެރިވެފަ އެވެ.
ސްކޫލް ކުދިންގެ ގައުމީ މަހާސިންތާ އިންތިޒާމުކޮށްފައި ވަނީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ސެންޓަ ފޯ ހަޔާ އެޑިއުކޭޝަން (ސީއެޗްއެސްސީ) ގުޅިގެންނެވެ.
ސްކޫލް ކުދިންގެ ގައުމީ މަހާސިންތާ ފެށުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ރާއްޖޭގެ ބޮޑު ޕަސެންޓެއް ކިޔަވާކުދިން ހިއްސާކުރާއިރު، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގައި ސްކޫލް ކުދިންގެ ދައުރު ވަރަށް ބޮޑު ކަަމަށެވެ.
ދިވެހި ފަރުދުންގެ ހައިސިއްޔަތުން ތިމާވެއްޓަށް އަންނަ ނޭދެވޭ ކޮންމެ ބަދަލެއްގެ ޒިންމާ ސްކޫލް ކުދިންވެސް ނަގަންޖެހޭނެ ކަމަށް އަނިލް ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލް ކުދިންގެ ގައުމީ މަހާސިންތާގައި ކޮންމެ ސްކޫލަކުންވެސް އެ ސްކޫލެއް ނިސްބަތްވާ ރަށް ނުވަތަ އަތޮޅަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާއި އެކަންކަން ހައްލުކުރަން ކުރާ މަސައްކަތްތައް ބަޔާންކުރާ ޕްރެޒެންޓޭޝަން ތަކެއް ހުށަހަޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކޮންމެ ދެ އަހަރަކުން އެއް އަހަރު ބޭއްވުމަށް ހަަމަޖެހިފައިވާ ތިމާވެށީގެ ގައުމީ މަހާސިންތާ ދެން ބާއްވާނީ 2017 ވަނަ އަހަރު އެެވެ.
ތިމާވެއްޓާއި ގުޅޭ ސްކޫލް ކުދިންގެ ގައުމީ މަހާސިންތާ ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ