މައުމޫންގެ ލަފާދޭ ކޮމިޓީއިން ކުރީގެ ހޯމްމިނިސްޓަރު އުމަރު ވަކިކޮށްފި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ލަފާދޭ ކޮމެޓީގެ މެމްބަރުކަމުން ކުރީގެ ހޯމްމިނިސްޓަރ އުމަރު ނަސީރު ވަކުކުރަށް ވައިފިއެވެ.
2018 އަހަރުގެ ރިޔާސީ އިންތިހާބުގއި ވާދަކުރުމަށް އުމަރު ނިމްމައިފައިވާއިރު މައުމޫން އޭނާ އެ ކޮމެޓީން ވަކިކުރައްވާފައިވާ ކަމަށެވެ. މިކަމާ ގުޅިގެން އުމަރު ވިދާޅުވެފައިވަނީ ރިޔާސީ އިންތިހަބަށް ކުރިމަތިލުމަށް ނިންމައިފައިވާއިރު ލަފާދޭ ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި ހުރުމުން މަސްލަހަތު ފުށޫއަރާ ކަމެއް ކަމަށެވެ.
އަދި މިކަން މައުމޫން އެގޮތަށް ނިންމުން ނިންމެވީ އޭނައާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށްވެސް އުމަރު ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ