ކުރި އަޮޕަރޭޝެނެއްގެ ސަބަބުން ދަރިމައިނުވާގޮތް މެދުވެރިވި އަންހެނެކަަށް 1.1 މިލިއަން ދިރިހަމުގެ ބަދަލެއް ދުބާއީ ކޯޓަކުން ހޯދައިދީފިއެވެ.
ޖުމައިރާގައި ފަރުވާކުރާ އަންހެނުންގެ ޚާއްޞަ އެމެރިކާ ޑޮކްޓަރަކަށް ލީބިޔާގެ އަންހެނެކު ދެއްކުމުން ކުރި ލެޕްރޮސްކޮޕީ އޮޕަރޭޝަނަކަށްފަހު ދޭންޖެހޭ ފަރުވާ ނުދީ ދޫކޮށްލުމުން އޭނާގެ ބަނޑު ފުފި ގޭހުގެ މައްސަލަތައް ވަނީ އުފެދިފައެވެ.
ކޯޓަށް ދިއައީ އެ މައްސަލަތަކާއި ގުޅިގެން ދެން ދެއްކި ޑޮކްޓަރުގެ ކިބައިން އޮޕަރޭޝަން ކޮށްފައިވަނީ ވެސް ރަނގަޅަށް ނޫން ކަމާއި ދެން އޭނާއަށް އިތުރު ދަރިއަކު ނުލިބޭނެކަން އެނގުމުންނެވެ.
ދުބާއީގެ ޤާނޫނުގައި އޮންނަ ގޮތުން މީހެއްގެ ސަބަބުން ޑައިމީ ގެްލުމެއް ލިބިއްޖެނަމަ ކުޑަބޮޑު މިނަށް ބަލައި 6 މިލިއަން ދިރިހަމާއި ހަމައަށް ބަދަލު ހޯދައިދެވިދާނެއެވެ.
އަންހެން މީހާގެ ޤާނޫނީ ވަކީލު ބުނީ ކޯޓުން ނަގައިދިނީ ކުޑަ ބަދަލެއް ކަމަށާއި މިފަދަ އަމަލުތައް ހުއްޓުވޭނީ އެކަށީގެންވާ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.
އޮޕަރޭޝަނުގެ ސަބަބުން ދަރިން ނުލިބޭގޮތްވި އަންހެނަކަށް 1 މިލިއަން ދިރިހަމުގެ ބަދަލެއް ކޯޓުން ހޯދައިދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ