ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމަށް ފައިސަލް އާދަމް މިއަދު އައްޔަންކުރައްވައިފި އެވެ.
Advertisement
ފައިސަލް މިއަދާ ހަމައަށް ހުންނެވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ތަރުޖަމާނުގެ ގޮތުގަ އެވެ. ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމަށް މީގެކުރިން ބޭފުޅުން އައްޔަންކޮށްފައިވަނީ ވަގުތީގޮތުންނެވެ. ނަމަވެސް ފައިސަލް މިމަގާމަށް އައްޔަންކޮށްފައިވަނީ ދާއިމީ މަގާމެއްގެ ގޮތުގަ އެވެ. ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް ވެސް މިދިޔަ މަހުގެ 13 ވަނަ ދުވަހު ވަނީ ބޭފުޅަކު އައްޔަންކޮށްފަ އެވެ. އެ މަގާމަށް އައްޔަންކޮށްފައިވަނީ ސ. ހުޅުދޫ، ރަތްވިލާގެ ރައުފާ ހައިދަރު އެވެ. ރައުފާ ސުޕްރީމް ކޯޓުގެ ވަޒީފާއަކާ އެންމެ ފުރަތަމަ ގުޅުނީ 19 އޮކްޓޯބަރު 2011 ގައި އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމަށެވެ. އޭގެފަހުން މިދިޔަ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު ޝަރުއީ ދާއިރާގެ މަގާމުތަކުގެ އޮނިގަނޑަށް ގެނައި އިސްލާހާ ގުޅިގެން ރައުފާ ހުރީ ލީގަލް އޮފިސަރަކަށް ބަދަލުކޮށްފަ އެވެ.މީގެ އިތުރުން 8 އެޕްރީލް 2013 އިން 7 މެއި 2014 އަށް ރައުފާ ވަނީ ވަގުތީ ގޮތުން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމު ވެސް އަދާ ކުރައްވާފަ އެވެ.
ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމަށް ފައިސަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ