ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ފުރަތަމަ ފަހަރަށް ސިޔާސީ ބޭފުޅަކު

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅެއް ކަމަށްވާ ހުސްނުއް ސުއޫދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެެވެ.
ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ފާސްކޮށްފައި ވަނީ، 64 މެންބަރުން ވޯޓުންނެވެ.
މިއަދު މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހުސްނުއް ސުއޫދު އައްޔަން ކުރުމާއި ގުޅޭގޮތުން ތައްޔާރު ކުރި ރިޕޯޓަށް ބަހުސް ކުރަމުން، އިދިކޮޅު ޕީއެންސީގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެފައި ވަނީ ހުސްނުއް ސުއޫދަކީ އެމަގާމަށް އައްޔަން ކުރެވޭފަދަ ޒިންމާދާރު ބޭޅެއް ނޫން ކަމަށެވެ. އަދި ހުސްނުއް ސުއޫދު ރައީސެއް މަގާމުގައި ހުންނަ މަރުކޮމިޝަނުން މުހިންމު މައްސަލައެއް އަދިވެސް ވީނުވީއެއް ނޭންގިފައި އޮތް ކަމަށާއި، އެކަމުން ދޭހަ ވަނީ ޒިންމާދާރުކަން ކުޑަކަން ކަމަށް އޭނާ ވިދާލުވިއެވެ.
މީގެ އިތުރުން އޭނާ ވަނީ ހުސްނުއް ސުއޫދަކީ ސިޔާސީ ބޭފުޅެއްކަން ފާހަގަ ކުރައްވައި، އެމަނިކުފާނަކީ އެމަގާމަށް އެކަށީގެންވާ ބޭފުޅެއް ނޫންކަމަށް ވިދާޅުވެފައެވެ.
ސުއޫދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ޖުޑީޝިއަލް ސާވިން ކޮމިޝަންގެ ލަފަޔަކަށް އެދިވަޑައިގެން ނަން ފޮނުވީ މިދިޔަ މަހުގެ 28 ދުވަހުއެވެ.
ސުއޫދަކީ، ސިޔާސީ ބައެއް ބޭފުޅުންގެ ކެމްޕޭން ތަކުގައި ބައިވެރިވުމުގެ އިތުރުން، ސިޔާސީ ބޭފުޅުންނާއި ދެކޮޅަށް ޓްވީޓް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ.
އޭގެ އިތުރުން އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.
އަދި ސުއޫދަކީ ރައީސް ސާލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް އެވެ.
ސުއޫދު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަނައިބު ކަން ވެސް ކުރައްވާފައެވެ.
މިއީ ރާއްޖޭގެ ތާރީހުގައިވެސް ސުޕްރީމް ކޯޓަށް ސިޔާސީ ބޭފުޅަކު އައްޔަން ކުރާ ފުރަތަމަ ފަހަރެވެ.
އިތުރު ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ