ދެ އަހަރުގެ ކުއްޖާ ރޭޕް ކުރުމަކީ ޖަނަވާރުންގެ އަމަލެއް: މައުމޫން

ރާއްޖޭގެ ދެކުނުގެ އަތޮޅެއްގައި ދެ އަހަރުގެ ކުއްޖަކަށް ބަޔަކު ޖިންސީ ގޯނާ ކުރި މައްސަލައަކީ ޖަނަވާރުގެ އަމަލެއްގެ ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ސިފަކުރައްވައިފި އެވެ.
ކުޑަ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހެޅި އިރު، މީޑިއާގައި ފެންމަތިވި އެ ވާހަކައާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރި ކަމަށް ބެލެވޭ މީހުންގެ ފޮޓޯތައް އާންމުވެފައިވާ އިރު، ގިނަ ބައެއްގެ ނުރުހުން ވަނީ އެ ކަން ކުރި މީހުންނަށް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެ އަހަރުގެ ކުއްޖަކަށް އޭނާގެ އާއިލާގެ ބަޔަކު ޖިންސީ ގޯނާ ކުރުމުގެ ވާހަކައަކީ، ގަބޫލު ކުރަން އުނދަގޫ ވާހަކަތަކެއް ކަމަށެވެ. އަދި އެ އަމަލު ހިންގި މީހުންނަށް ގާނޫނުގައި ދެވެން އޮތް އެންމެ ބޮޑު އަދަބު ދިނުމަށް ވެސް މައުމޫން ގޮވާލެއްވި އެވެ.
Gaboolu kuran ves dhathi janavaarunge amaleh. Ekan kuri bayakah qaanoonee gothun dheven oiy emme bodu adhabeh dheyn jeheyne. https://t.co/0FoSnkFwjJ— Maumoon Abdul Gayoom (@maumoonagayoom) January 17, 2020
މައުމޫން ކުރެއްވި ޓުވީޓު."ގަބޫލުކުރަން ވެސް ދަތި ޖަނަވާރުންގެ އަމަލެއް. އެކަން ކުރި ބަޔަކަށް ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދޭން ޖެހޭނެ،" މައުމޫން ވިދާޅުވި އެވެ.
މި މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.
ޖެންޑާ މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކުޑަކުދިންނާ ގުޅޭ 75 މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައި ވެ އެވެ. އޭގެ ތެރެއިން 20 މައްސަލައަކީ ކުޑަކުދިންނަށް ކޮށްފައިވާ ޖިންސީ ގޯނާއާ ގުޅޭ މައްސަލަތަކެވެ.
Offenders | Child Sex Offenders Registry
ޖިންސީ ގޯނާކުރި މީހުންގެ ރެޖިސްޓަރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ