ކޮރަޕްޝަނެއް ނުހިންގަން، މައްސަލަ ކުރިން ވެސް ބެލި: އުމަރު

ނުރައްކާތެރި ކުށްވެރިން ކަމަށް ބެލެވޭ މީހުންގެ ފައިގައި އަޅުވާ ޓެގް ގެންނަން އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި މިހާރު ބަލަނީ ކުރިން ވެސް ބެލި މައްސަލައެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އުމަރުގެ ވަޒީރުކަމުގައި 2015 ވަނަ އަހަރު ޓެގް ގަތުމަށް އަމިއްލަ ބަޔަކާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގައިފައިވޭތޯ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު އަންނަނީ ބަލަމުންނެވެ. އެ ޕްރޮޖެކްޓް ބަޔަކާ ހަވާލުކުރީ އުމަރުގެ ނުފޫޒުން ކަމަށް އޭރު ވެސް ތުހުމަތު ކުރި އެވެ.
ތުހުމަތުތަކާ ގުޅިގެން އުމަރު ވިދާޅުވީ މިދިޔަ ސަރުކާރުގައި ވެސް އެ މައްސަލަ ބަލައިފައިވާ ކަމަށެވެ. އެ ބިޑް ކާމިޔާބުކުރީ އެންމެ ކުޑަ އަގު ހުށަހެޅި ކުންފުނިން ކަމަށާއި އެ ކުންފުންޏަށް އެ ބިޑް ހަވާލުކުރީ އޭސީސީން ހުއްދަ ހޯދުމަށް ފަހުގައި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
Umar ah thuhumathu kurevey massala eh ACC in balanee
Mihaaru
އުމަރަށް ތުހުމަތު ކުރެވޭ މައްސަލަ--އުމަރު ވިދާޅުވީ ބިޑް ކާމިޔާބުކުރީ އޭނާ އާއި އަދި އާއިލާއާއާ ވެސް ގުޅުން އޮތް ކުންފުންޏަކުން ނޫން ކަމަށެވެ. އަދި އޭނާގެ ވަޒީރުކަމުގައި އާއިލާ މީހެއްގެ ހިއްސާ އޮތް ކުންފުންޏަކުން ހޯމް މިނިސްޓްރީގެ އެއްވެސް ބިޑަކަށް ކުރިމަތި ވެސް ނުލާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ވަޒީރުކަމުގައި އަޅުގަނޑުގެ ނުވަތަ އަނތްބެއް. ދަރިއެއްގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏެއް ހޯމް މިނިސްޓްރީގެ އެއްވެސް ބިޑަކަށް ކުރިމަތިލާފައެއް ނުވާނެ. އެކަން ރެކޯޑްތަކުން ފެންނަން ހުންނާނެ،" އުމަރު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އޭސީސީން މިހާރު އަންނަނީ އެ ބިޑްގެ މައުލޫމާތު އެނގޭ މީހުންގެ ބަޔާންތައް ނަގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ