ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް އެ ޕާޓީގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އިންތިހާބުކޮށްފިއެވެ.
މ. ކުނޫޒުގައި މިރޭ ބޭއްވި ޖުމްހޫރީ ޕާޓީ ކައުންސިލް ބައްދަލުވުމުގައި އިންތިހާބުގެ ކަންކަން ކުރިއަށްގެންގޮސްފައިވަނީ ކޮމިޓީއެއް އެކުލަވާލުމަށްފަހުއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް ގާސިމް ހޮވިފައިވަނީ ވޯޓުގައި ބައިވެރިވި 61 މެމްބަރުންގެ އިއްތިފާގުންނެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް ކުރިމަތިލާފައިވަނީ ވެސް ހަމައެކަނި ގާސިމެވެ. އެހެންކަމުން މިރޭ ކުރިއަށްދިޔައީ ފެންނަ ނުފެންނަ ވޯޓަކަށެވެ.
މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ގާސިމްގެ އިތުރުން އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އަދި އެ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ޖިނާއީ ހުކުމެއްގައި ހުންނަވާ ބޭފުޅަކަށް ޕާޓީގެ އިސް މަގާމެއްގައި ނުހުންނެވޭނެއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމު ގާސިމް އިބްރާހީމަށް ގެއްލުނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެ ގާސިމް ޖަލަށް ލާން ހުކުމް ކުރުމުންނެވެ. ގާސިމް މިއަދު ފޯމް ހުށަހަޅުއްވާފައިވާ އިރު، ގާސިމަށް އިއްވި ޖަލު ހުކުމް ދާދިފަހުން ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރަކަށް ގާސިމް، އިންތިހާބުވީ އިއްތިފާގުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ