އައްޑޫގެ ރަށްތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރަމުން އައި 2 މެގަވޮޓް އިންޖީނަކަށް މައްސަލަތަކެއް ދިމާވުމާއި ގުޅިގެން ލޯޑު މަތިވާ ގަޑިތަކުގައި ކަރަންޓު ކަނޑަން ޖެހިދާނެކަމަށް ފެނަކަ ކޯޕަރޭޝަންއިން ބުނެފިއެވެ
ފެނަކަ ކޯޕަރޭޝަންއިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އައްޑޫގެ ރަށްތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރަމުން އައި 2 މެގަވޮޓް އިންޖީނަކަށް މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ. އެހެންކަމުން ކަރަންޓްގެ މައްސަލަ އެއްކޮށް ހައްލުވަންދެން މަތީ ލޯޑް ނަގާ އިލެކްޓްރޯނިކް އާލަތްތަށް ވީހާވެސް މަދުން ބޭނުން ކުރުމަށާއި ކަރަންޓް ބޭނުން ކުރާ މިންވަރު ވީހާވެސް މަދު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ އިލްތިމާސް ކޮއްފައެވެ.މީގެ އިތުރުން އެ ކޮޕަރޭޝަނުން ބުނެފައިވަނީ ޖަނަރޭޓަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މިހާރުވެސް މަސައްކަތްކުރަމުންދާ ކަމަށެވެ
އައްޑޫއިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށްޓަކައި މިދިޔަ އަހަރު ނޮވެމްބަރު މަހު ގެ ތެރޭގައި އައްޑޫގައިވަނީ ދެ ޖެނެރޭޓަރު އިންސްޓޯލްކޮށްފައެވެ.
ކަރަންޓު ކެނޑެމުންދަނީ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ