މި ސަރުކާރުންވަނީ ރެކޯޑެއް ހަދާފަ، އެއީ ރާއްޖޭގެ އެންމެ މަތިބަރު ސަރުކާރުގެ ރެކޯޑް: އުމަރު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހުގެ ސަރުކާރުންވަނީ ރެކޯޑެއް ހަދަފައިވާ ކަމަށާ އެ ރެކޯޯޑަކީ މިހާތަނަށް ދިވެހިރާއްޖޭގައި އުފެދުނު އެންމެ މަތިބަރު ސަރުކާރުގެ ރެކޯޑް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.ރާއްޖެގައި ހިނގާ އޮންލައިން ނޫހެއް ކަަމަށްވާ "ސަން އޮންލައިނަށް" އެމަނިކުފާނު ދެއްވި ބަސްދީގަތުމެއްގައި އުމަރު ވިދާޅުވީ، ހުރިހާ ސަރުކާރުތަކުންވެސް ބޭކާރު ސިޔާސީ މަޤާމުތައް އުފެއްދި މަންޒަރު ފެނިގެން ގޮސްފައިވާއިރު، އޭގެ ތެރެއިން ވެސް ފާހަގަކޮށްލެވެނީ ރައީސް ޞޯލިހުގެ ސަރުކާރުގައި އުފައްދާފައިވާ ސިޔާސީ ގިނަ މަގާމުތައް ކަމަށެވެ. އެގޮތުން މި ސަރުކާރުން ވަނީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމުގައި މެކުހަށް ޖަހާފައި ކަމަށް އުމަރު ވިދާޅުވި ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ. އަދި މި ސަރުކާރުގައި ސްޓޭޓު މިނިސްޓަރުން ވެސް އައްޔަން ކޮށްފައިވަނީ ދުވަހަކު ވެސް ދިވެހިރާއްޖޭގައި ސްޓޭޓު މިނިސްޓަރުން އައްޔަން ކޮށްފައިނުވާހާ ގިނަ އަދަދަކަށް ކަަން އުމަރު ފާހަގަކުރެއްވިއެވެ.އަދި މިސަރުކާރުން ގެންދަވަނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ ވަޒީފާތައް މަދުކޮށް، ސިޔާސީ މަގާމުތައް އިތުރު ކުރަން މަސައްކަތް ކުރަމުން ކަމަށް އުމަރާ ހަވާލާ ދެއްވާ ސަންގައި ހާމަކޮށްފައިވެއެވެ. އަދި ސިޔާސީ މަގާމުތައް އިތުރުވުމުން ބަޖެޓަށް ބާރު ބޮޑުވާ ކަމަށާ ނަތީޖާއެއްގެ ގޮތުން، އެކަންކަން ހައްލު ކުރަން ދަށް މަގާމުތަކުގައި ތިބި ސިވިލް ސާވިސް މުވައްޒަފުން ވަޒީފާއިން ވަކި ކުރަން ރައީސް ސޯލިހަށް މަޖުބޫރުވާނޭ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އުމަރު އެ މޭރުމުން ވާހަކަ ދައްކަވާފައި ވަނީ، ސިވިލް ސާވަންޓުން ވަޒީފާއިން ވަކި ކުރަން ނުވަތަ ބަދަލު ކުރާނޭ ގޮތުގެ އުސޫލެއް ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލައި އެއަށް އަމަލު ކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އަދި ބައެއް ސިވިލް ސާވަންޓުންގެ ވަޒީފާ ގެއްލިދާނެތީ އެ މުވައްޒަފުން ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައިކަން ވެސް ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ