2018 ވަނަ އަހަރަކީ ވަރަށް ގިނަގުނަ ފިލާވަޅުތަކެއް ލިބުނު އަހަރެއް: ޑރ. ޝަހީމް
ފާއިތުވި 2018 ވަނަ އަހަރަކީ ވަރަށް ގިނަގުނަ ފިލާވަޅުތަކެއް ލިބުނު އަހަރެއް ކަމަށް އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.އާ އަހަރާއި ދިމާކޮށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވި އަހަރަކީ ވަރަށް ގިނަގުނަ ފިލާވަޅުތަކެއް ލިބުނު އަހަރެއް ކަމަށާއި، އެންމެ ބޮޑު ފިލާވަޅަކީ ހަޤީޤީ ރައްޓެހިންނަކީ ކޮބައިކަން އެނގުން ކަމަށެވެ. އަދި އެންމެ ބޭނުންވި ވަގުތު، އެކުގައި ތިއްބެވި ބޭފުޅުންނާމެދު އަބަދުވެސް ފަޚްރުވެރިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ބޭފުޅުންނާއެކު އެ ބޭފުޅުން ތިއްބެވި ތަނެއްގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.އޭގެ އިތުރުން އެ ޕޯސްޓްގައި ޑރ.ޝަހީމް ވަނީ އޭގެ ތެރެއިން ބައެއް އެކުވެރިންނާއެކު ހޭދަކޮށްފައިވާ އުފާވެރި ވަގުތުތައް ހާމަކޮށްދޭ ފޮޓޯތަކެއްވެސް ހިއްސާކޮށްފައެވެ. އެ ޕޯސްޓްގައި ފެންނަން ހުރީ ފާއިތުވި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ޕީޕީއެމްގެ ބައެއް މެމްބަރުންނާ އަދި އިލްމުވެރިންނާއެކު ނަގާފައިވާ ފޮޓޯތަކެކެވެ.ފާއިތުވި އަހަރު ލިބުނު ފިލާވަޅުތަކަށް އަލިއަޅުވާލައްވާ ޑރ.ޝަހީމް އެފަދައިން ވިދާޅުވެފައި ވާއިރު، ޑރ.ޝަހީމް މީގެ ކުރިން ވަނީ އޭނާއާ ގާތް އެކުވެރިކަމެއް އޮތް، އަދާލަތު ޕާޓީގެ ބައެއް އިސް ބޭފުޅުންނަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ