ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ލީޑަރު ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާގެ ރަސްމީ ވެބްސައިޓް ރޭ އިފްިތާޙު ކޮށްފިއެވެ.
ޕެރަޑައިސް އައިލެންްޑް ރިސޯޓުގައި، ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާއި ޕާޓީގެ އިދާރީ މުއައްޒަފުން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން އާއިޝަތު ނަހުލާ ހުކުުރު ދުވަހުގެ ރޭ ދެއްވި ޚާއްޞަ ފަރިއްކޮޅެއްގެތެރެއިން މި ވެބްސައިޓް އިފްތިތާހްކޮށްފައިވަނީ އެކަމަނާ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އާއިޝަތު ނަހުލާ ވަނީ ޕާޓީގެ އެކި ބޭފުޅުން ކުރެއްވި މަސައްކަތް ފާހަގަ ކުރައްވާފައިއެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކަކީ މުހިއްމު ދުވަސްތަކެއް ކަމަށާއި، ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ރޭ އިފްތިތާހް ކުރެވުނު މި ވެބްސައިޓުން އާއިޝަތު ނަހުލާގެ ހުރިހާ މައުލޫމާތު، މީޑިޔާ ކަވަރޭޖް އަދި ފޮޓޯ، ދެބަހުން ފެނިގެންދާ ގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓެވެ.
ޓީމް އައިޝާ އިން ފަރުމާކޮށް، ހިންގާ ވެބްސައިޓް އިފްތިތާހުކުރުމަށް ބޭއްވި އެރަސްމީޔާތުގައި ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް، ޕާޓީގެ ރައީސް އަލީ ވަހީދު، ޕާޓީގެ ކައުންސިލް މެންބަރުން، ޕާޓީގެ އެކި ގުނަވަންތަކުގެ އިސްވެރިންނާއި ޕާޓީގެ އިދާރީ މުއައްޒަފުންނާއި އާއިލާގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޖޭޕީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާގެ ރަސްމީ ވެބްސައިޓް އިފްތިތާހްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ