ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ޖަޕާނަށް ފުރާވަޑައިގެންފި

ޖަޕާނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލް ޢަބްދުﷲ ޝާހިދު މިއަދު ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ މިނިސްޓަރ ޝާހިދު ވަޒީރުކަމާއި ޙަވާލުވެވަޑާއިގަތުމަށް ފަހު ޖަޕާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ޖަޕާނުގެ ޓޯކިޔޯއަށް ކުރައްވާ މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ޖަޕާނުގެ ޚާރިޖީ ވަޒީރު، ހިޒް އެކްސެލަންސީ މރ. ތާރޯ ކޯނޯ އާއި ޖަޕާނު ސަރުކާރުގެ އެހެނިހެން އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ޒަމާންވީ، ގާތް، ބަދަހި ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރ ޝާހިދާ އެކު މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ފިނޭންސް، އަލްފާޟިލް އިބްރާހިމް އަމީރާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އަލްއުސްތާޛް ފައްޔާޟް އިސްމާޢީލާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރ، އަލްފާޟިލް އަޙްމަދު ޚަލީލާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ބައެއް އިސްބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ