ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމް.ޑީ.ޕީގެ ލާމަރުކަޒީ ނިޒާމަކީ އަޅުވެތި ނިޒާމެއްކަމަށާއި އެ ނިޒާމުގެ ތެރެއިން ރައްޔިތުން ބާރުވެރިއެއް ނުވާނެކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
މެމްބަރު އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ ލާމަރުކަޒީ ނިޒާމަކީ އެމް.ޑީ.ޕީ ބަނޑުއަޅާ ވިހެއި ދަރިއެއްކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވުމުން އެކަމަށް ރައްދުދެއްވާ ކުރެއްވި ޓުވީޓެއްގައެވެ. އާދަމް ޝަރީފް ވިދާޅުވީ އޯވަޓައިމްގެ ހުއްދަ ހޯދަން ޖެހެނީ އެޑިއުކޭޝަން މިނިސްޓްރީންކަމަށާއި ކައުންސިލްގެ އިންވިޓޭޝަން އަކަށް ދަރިވަރަކުވެސް ފޮނުވެނީ އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ލިބިގެންކަމަށެވެ.
މީގެ ކުރިން ތަޢުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އާދަމް ޝަރީފްގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަނަކަށް ސްކޫލަށް މީހަކު ގެނެވެނީވެސް އެޑިއުކޭޝަންގެ ހުއްދަ ލިބިގެންކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.
ކައުންސިލްތަކުގެ އިންތިހާބު ކައިރިވެފައިވާއިރު ޕީ.ޕީ.އެމް އަދި އެމް.ޑީ.ޕީގެ މެދުގައި ވާދަވެރިކަންވަނީ ބޮޑުވެފައެވެ.
އެމް.ޑީ.ޕީގެ ލާމަރުކަޒީ ނިޒާމަކީ އަޅުވެތި ނިޒާމެއް، ރައްޔިތުން ބާރުވެރިއެއް ނުވާނެ – މެމްބަރު އާދަމް ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ