މާލެއަށް ކަރަންޓު ދިނުމަށް އިތުރު 4 ޖަނަރޭޓަރު ބޭނުން ކުރަން ފަށަނީ

ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނުތާ 50 އަހަރު ފާހަގަ ކުރުމުގެ ގޮތުން ކުރިއަގެންދާ ހަރަކާތްތަކާއި ގުޅިގެން މާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު މައްޗަށް ގޮސްފައި ވާތީ އިތުރު ހަތަރު ޖަނެެރޭޓް ބޭނުންކުރަން ނިންމާފައިވާ ކަމަށް ސްޓެލްކޯގެ ސީނިއާ އިންޖިނިއަރު އިބްރާހިމް ރައޫފު ވިދާޅުވެއްޖެ އެވެ.
މިއަދު މީޑިއާގައި ޥާހަކަ ދައްކަވަމުން ރައޫފު ވިދާޅުވީ، މި މަސައްކަތުގެ ދަށުން، މާލޭގައި ހުރި ކުރިން ބޭނުންނުކުރާ ދެ ޖަނެރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާކަމަށެވެ.
"އައްޑޫ ސިޓީން އަންނަ ދެ ޖަނެރޭޓަރު ވެސް މިހާރު އަންނަ މަގުމަތީގައި ހުރީ،" ރައޫފު ވިދާޅުވެފައިވެއެވެ.
އެ ޖަނެރޭޓްތައް ބޭނުންކުރަން ފެށުމުން އެއްވެސް ދަތިކަމެއް ނެތި މާލެއަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ރައޫފު ވިދާޅުވި އެވެ. އާއްމުކޮށް ކަރަަންޓް ލޯޑު ބޮޑުވާ ވަރަށް ވުރެ 2.5 މެގަ ވޯޓް ކަރަންޓް މިނިވަން 50ގެ ހަރަކާތްތަކާ ގުޅިގެން އިތުރަށް ބޭނުންވާނެ ކަަމަށް ސްޓެލްކޯ އިން ބުންޏެވެ.
އައްޑޫ ސިޓީން ގެންނަ ދެ ޖަނެރޭޓަރު މާލެ ގެންނަނީ ވަގުތީ ގޮތުން ކަމަށާއި މިނިވަން 50ގެ ހަރަކާތްތައް ނިމުމުން އެ އިންޖީނުތައް އަނބުރާ އައްޑުއަށް ފޮނުވާލާނެ ކަަމަށް އެ ޖަނަރޭޓަރުތަކުގެ ވެރިފަރާތް، ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.
މާލެއަށް ކަރަންޓްގެ ދަތިކަން ދިމާވާން މެދުވެރިވި އެއް ސަބަބަކީ ސްޓެލްކޯ އިން ބޭނުންކުރަމުން އައި އަށް މެގަ ވޯޓްގެ އިންޖީނަކަށް ދާދިފަހުން މައްސަލަތަކެއް ދިމާވުމުން ކަމަށް ވެސް ސްޓެލްކޯ އިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ