އިސްރާއިލްގެ ސުޕްރީމް ކޯޓުން ހުއްދަ ހޯދައިގެން އިސްރާއިލްގެ ސިފައިން، ފަލަސްތީނުގެ ތިން ރައްޔިތެއްގެ ގެ ސުންނާފަތިކޮށްލައިފިއެވެ.
ގެތައް ސުންނާފަތިކޮށްލާފައިވަނީ އެ ގޭގެ ވެރިން، އިސްރާއިލްގެ ރައްޔިތަކަށް ހަމަލާދޭން އުޅުނު ކަމަށް ބުނެއެވެ. ހުޅަނގު އައްސޭރީގައި އިސްރާއިލުން ހިންގި މި ޖަރީމާއަކީ އެ ގައުމުގެ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން އިސްރާއިލްގެ ސިފައިން ހިނގި ޖަރީމާއެކެވެ.
ގުދުސްގައި އަރަބިން އުޅޭ ސަރަހައްދަށް އިސްރާއީލުން ގަދަކަމުން އަރައި، ޗެކް ޕޮއިންޓްތަކެއް ގާއިމުކޮށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާއިރު އިސްރާއީލް ސިފައިން ފަލަސްތީނުގެ އެކި ހިސާބުތައް ބަންދުކޮށްފައިވުމުގެ ސަބަބުން ސިއްހީ ހިދުމަތް ދޭ ފަރާތްތަކަށް ހުރަސް އެޅޭކަމަށް އެފަދަ ފަރާތްތަކާ ހަވާލާދީ ބޭރުގެ މީޑިއާތައް ވަނީ ބުނެފައެވެ.
މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަލަސްތީނުގައި އިސްރާއިލްގެ ސިފައިން ހިންގަމުންދާ ޖަރީމާތަކުގައި 80 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އޭގެތެރެއިން 44 މީހުންނަކީ އިސްރާއިލްގެ ރައްޔިތުންނަށް ތޫނު އެއްޗެހިން ހަމަލާދޭން އުޅޭ ކަމަށް ބުނެ ޝަހީދުކޮށްލި މީހުންނެވެ.
އިސްރާއީލުން، ގުދުސްގައި މަސްޖިދުލް އަގްސާ ހުންނަ ސަރަހައްދު ބަންދުކުރުމާއި ގުޅިގެން އިސްރާއީލު ސިފައިންނާއި ފަލަސްތީނުގެ ރައްޔިތުންނާއި ދެމެދު ހަމަނުޖެހުން ހިނގުން އިތުރުވެ، ޝަހީދުވާ ފަލަސްތީނު ރައްޔިތުންގެ އަދަދުވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.
އިސްރާއިލްގެ ކެބިނެޓުން ވަނީ ގުދުސްގެ ބައެއް ސަރަހައްދުތައް ބަންދުކުރުމުގެ ހުއްދަ އާއި އިސްރާއިލް މީހުންނަށް ހަމަލާދޭ ފަލަސްތީނުގެ މީހުންގެ ގެދޮރު ހަލާކުކުރުމުގެ ހުއްދަ އިސްރާއީލްގެ ފުލުހުންނަށް ދީފައެވެ.
އިސްރާއިލްގެ ސުޕްރީމް ކޯޓުގެ ހުއްދައާއެކު ފަލަސްތީނުގެ ތިން ރައްޔިތެއްގެ ގެ ސުންނާފަތިކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ