މައުމޫން ފައުންޑޭޝަނުން ސްކޮލަޝިޕްގެ 28 ފުރުސަތު ހުޅުވާލައިފި

ދިވެހި ޒުވާނުންނަށް މަތީ ތައުލީމުގެ އިތުރު ފުރުޞަތުތަށް ހޯދައި ދިނުމުގެ ގޮތުން، މިއަހަރުވެސް މި މައުމޫން ފައުންޑޭޝަންގެ ފަރާތުން ސްކޮލަޝިޕްގެ ފުރުޞަތުތަކެއް ހުޅުވާލައިފިއެވެ.
މިއީ މައުމޫން ފައުންޑޭޝަންގެ ފަރާތުން ހުޅުވާލެވޭ ޕާޓް-ފަންޑަޑް ސްކޮލަޝިޕްތަކެކެވެ. .މިއަހަރު މި ފައުންޑޭޝަންގެ ފަރާތުން ހުޅުވާލާ ސްކޮލަޝިޕްގެ 28 ފުރުޞަތުތަކީ އިންޑިއާގެ، ބެންގަލޫރުގެ ގާޑަން ސިޓީކޮލެޖް، އިން ކިޔަވައިދޭ ދާއިރާތަކުން ބެޗެލަރސް ޑިގްރީ ހާޞިލްކުރުމުގެ ފުރުޞަތެވެ.
މައުމޫން ފައުންޑޭޝަނުން ހުޅުވާލި ދާއިރާތަކަކީ ބެޗަލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ބެޗަލަރ އޮފް ކޮމާރސް، ޓޫރިޒަމް، ހިސްޓްރީ، ޖަރނަލިޒަމް، ބެޗްލަރ އޮފް ކޮމްޕިއުޓަރ އެޕްލިކޭޝަން، ޖަރނަލިޒަމް، ސައިކޮލޮޖީ، އިންގްލިޝް، ފެޝަން އެންޑް އެޕެރަލް ޑިޒައިން ، ބަޔޯޓެކްނޮލޮޖީ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސްއެވެ. މި ހުރިހާ ކޯހެއްގެ މުއްދަތަކީ ތިން އަހަރެވެ.
މި ސްކޮލަޝިޕް އަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަޖެހޭ ޝަރުޠުތަކަކީ ދިވެހި ރައްޔިތަކަށްވުން، 28 އަހަރުންދަށުގެ ޒުވާނަކަށްވުން، މައުމޫން ފައުންޑޭޝަންގެ މެންބަރެއް ނުވަތަ މެންބަރަކާ ސީދާ ޢާއިލީގޮތުން ގުޅިފައިވާ ފަރާތަކަށް ނުވުން ހިމެނެއެވެ.
ކޯހަށް އެދޭ ފަރާތުގެ ފެންވަރުގެ ތެރޭގައި 4 އޯ-ލެވެލް ފާހާއި 3 އޭ-ލެވެލް ފާސް، ނުވަތަ 5 އޯ-ލެވެލް ފާހާއި 2 އޭ-ލެވެލް ފާސް ލިބިފައިވުން، އިނގިރޭސި ފެންވަރު: ސީ.އޭ.އީ/ސީ.ޕީ.އީ އިން (ސީ) ފާސް ނުވަތަ އެއަށްވުރެން މަތިން ލިބިފައިވުން،TOEFL އިން 550 އިން ފެށިގެން މަތި، IELTS އިން 6.0 އިން ފެށިގެން މަތި، ނުވަތަ ޖީ.ސީ.އީ. އޯ-ލެވެލް ނުވަތަ އައި.ޖީ.ސީ.އެސް.އީ އިންގްލިޝް ނުވަތަ އެއާ އެއްފެންވަރުގެ މާއްދާއަކުން (ސީ) ފާސް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން ހިމެނެއެވެ.
މި ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން މައުމޫން ފައުންޑޭޝަންގެ އިދާރީ އޮފީހުން އެޕްލިކޭޝަން ފޯމް ހޯދައި، އެފޯމް ފުރިހަމަ ކުރުމަށްފަހު، ފޯމްއާއެކު ހުށަހަޅުއްވަންޖެހޭ އެންމެހާ ލިޔެކިއުންތަކާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެޓެސްޓް) ކުރެވިފައިވާ ކޮޕީތަކާއެކު، 16 ޖުލައި ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގެ ކުރިން މައުމޫން ފައުންޑޭޝަންގެ އިދާރީ އޮފީހަށް ހުށަހެޅުވުމަށް އެ ފައުންޑޭޝަނުން އެދެއެވެ.
މިކޯސްތަކަށް ހުށަހެޅޭ އެޕްލިކޭޝަންތައް މިފައުންޑޭޝަނުން ޢައްޔަންކޮށްފައިވާ ތަޢުލީމީ ބޯޑަކުން މުރާޖަޢާ ކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބޭ ދަރިވަރުންނާއި ބަސްދީގަތުމަކަށް ދަޢުވަތު ދެވޭނެއެވެ.
މި ކޯސްތަކަށް ހޮވޭ ކެންޑިޑޭޓުންގެ ނަންތައް ޢަންމުކޮށް އިޢުލާން ކުރެވޭނީ 20ޖުލައި 2015 ވާ ހޯމަ ދުވަހުއެވެ.
މި ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދަން ބޭނުންވާނަމަ، 7981500 އަށް ނުވަތަ 3001500 އަށް ގުޅުޅުމަށް މައުމޫން ފައުންޑޭޝަނުން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ