ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އިން ސެންޓްރަލް އޭޝިއާ ކްލަބްތަކުގެ މެދުގައި ބާއްވާ ކާވާ، ޗެމްޕިއަންސް ލީގުގެ ފިރިހެން ޑިވިޝަނުގައި ރާއްޖޭން ވާދަކުރުމުގެ ފުރުސަތު ދިވެހި ސިފައިންގެ ކްލަބް އަދި ކްލަބް އެޗްޑީސީ އަށް ދީފި އެވެ.
މާދަމާ އިން ފެށިގެން މި މަހު 23 ގެ ނިޔަލަށް ރާއްޖޭގައި ކުރިއަށްދާ މި މުބާރާތުގައި މި ފަހަރު ހަ ކްލަބް ވާދަކުރާނެ އެވެ. އެއީ ރާއްޖޭގެ އެޗްޑީސީ އާއި ސިފައިންގެ އިތުރުން، ކިރްގިސްތާންގެ ބެޝިކް، ނޭޕާލުގެ، ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބް، ޒަހީކް، އަދި ލަންކާގެ ސްރީލަންކާ ޕޯޓް އޮތޯރިޓީ ވޮލީބޯލް ކްލަބް އެވެ.
މި މުބާރާތުގައި ވާދަކުރަން ރާއްޖޭގެ ސިފައިންނާ އެޗްޑީސީ އަށް ފުރުސަތު ލިބުނީ މިދިޔަ އަހަރުގެ ފިރިހެން ވޮލީބޯޅަ ސީޒަނުގައި އެންމެ ރަނގަޅު ނަތީޖާ ނެރުނު ދެ ޓީމަށްވުމުންނެވެ.
ކާވާ ޗެމްޕިއަންސް ލީގުގެ ކުރިން ދިވެހި ސިފައިންގެ ކްލަބުން ވަނީ އެ ކްލަބަށް އައު ބިދޭސީ ކުޅުންތެރިން ގެންނަން ނިންމާފަ އެވެ. އެގޮތުން ސިފައިންގެ ކްލަބްގެ ކޯޗު އަބްދުالله ޖުނައިދު (މާމަ) ބުނީ ޗެމްޕިއަންސް ލީގަށް އެ ޓީމާ ގުޅޭނީ މުޅިން އައު ބިދޭސީ ތިން ކުޅުންތެރިން ކަމަށެވެ.
"ކާވާ މުބާރާތުގައި އަޅުގަނޑުމެން ޓީމުން ފެންނާނީ މުޅިން އާ ބިދޭސީ ތިން ކުޅުންތެރިން އެ ކުޅުންތެރިންނާއެކު ޕްރެކްޓިސް ކޮށްލީމަ އެނގޭނީ އެއްޗެކޭ ބުނަން. އެކަމަކު ފެންވަރު ރަނގަޅު ތިން ކުޅުންތެރިން އެއީ" ޖުނައިދު ބުންޏެވެ.
ސިފައިންގް ކްލަބުން ވަނީ މި އަހަރުގެ ވޮލީ ސީޒަނުގެ ތިން މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ.
ކްލަބް އެޗްޑީސީގެ ކޯޗު މުހައްމަދު ސާޖިދު (ބޮޑު ކާއްޓޭ) ބުނީ ކާވާ މުބާރާތައް ބިދޭސީ ތިން ކުޅުންތެރިން ޖެހުމުގެ ފުރުސަތު ލިބޭތީއާ އެކު، އެ ޓީމަށް ބިދޭސީ ސެޓަރެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެޗްޑީސީގެ އަމާޒަކީ މުބާރާތުގައި މެޑަލް އަކާ ހިސާބައް ވާސިލްވުން ކަމަށް ކާއްޓޭ ފާހަގަކުރި އެވެ.
ކާވާ ޗެމްޕިއަންސް ލީގުގައި ރާއްޖެއިން ވާދަކުރާނީ ސިފައިންނާއި އެޗްޑީސީ ކާވާ ޗެމްޕިއަންސް ލީގުގައި ރާއްޖެއިން ވާދަކުރާނީ ސިފައިންނާއި އެޗްޑީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ