ހޯރަފުށިން ބިން ކަނޑައެޅިފައިވާ ގިނަ ޕްރޮޖެކްޓްތަކެއް، އަމަލީ މަސައްކަތް ވީ ހިސާބެއް ނޭނގެ!
ހއ. ހޯރަފުށިީގެ ތަރައްގީއަށް ސަރުކާރުން އެދިގެން ގިނަ އަދި ބޮޑެތި ބިންތަކެއް ދޫކުރެވިފައި ވީނަމަވެސް އެތަންތަނުގެ އަމަލީ މަސައްކަތް ނުފެށި ލަސްވެފައި ވާކަން ހާމަ ވެއްޖެ އެވެ.ހޯރަފުށީގައި ބޭއްވިފައިވާ ރައްޔިތުންގެ ބައްދަލުވުންތަކުން ސާފު ވާގޮތުން ސަރުކާރުން އެދިގެން ހޯރަފުށީ ކައުންސިލުން ވަނީ ރައްޔިތުންނާއި މަޝްވަރާކޮށް ގިނަ ބިންތަކެއް ސަރުކާރަށް ދޫކޮށްފައި އެވެ.ނަމަވެސް މި ބިންތަކުގައި މަސައްކަތް ފަށާލެއް ލަސްވުމުގެ ޝަކުވާ ރައްޔިތުންގެ ބައްދަލުވުންތަކުން ރައްޔިތުން އަންނަނީ ފާޅުކުރަމުން ނެވެ. އެއް ބިމެއް ދޫކުރެވި އެތަން ފަޅުވެ ބިން ދޫކުރި ބޭނުން ނުކުރެވި އުޅެނިކޮށް އަނެއްކާ އަނެއް ބިމެއް ހޯދުމަށް ރަށު ކައުންސިލްގައި ސަރުކާރުން އަންނަނީ އެދެމެން ނެވެ. މި ކަމުގެ ކަންބޮޑުވުން ރައްޔިތުން ބައްދަލުވުންތަކުގައި ކައުންސިލަރުން ވެސް އަންނަނީ ފާޅުކުރަމުން ނެވެ.ސަރުކާރުން އެކި ކަހަލަ މަޝްރޫއުތަކަށް ހޯރަފުށިން ދޫކުރެވިފައިވާ ބައެއް ބިންތަކުގެ ތެރޭގައި:ޖޮގިން ޓްރެކް ހެދުމަށް 16 މެއި 2024 ގައި ވަނީ ބިމެއް ދޫކުރެވިފައި - ނަމަވެސް މަސައްކަތުގެ ހިލަމެއް ނެތްސިފައިންގެ މަރުކަޒު ހެދުމަށް 12 ޖަނަވަރީ 2025 ގައި ވަނީ ބިމެއް ދޫކުރެވިފައި - ނަމަވެސް މަސައްކަތުގެ ހިލަމެއް ނެތްއައުޓްޑޯ ޖިމް ހެދުމަށް 12 މާރޗް 2025 ގައި ވަނީ ބިމެއް ދޫކުރެވިފައި - ނަމަވެސް މަސައްކަތުގެ ހިލަމެއް ނެތްޔޫތް ސެންޓަރު ހެދުމަށް 12 މާރޗް 2025 ގައި ވަނީ ބިމެއް ދޫކުރެވިފައި - ނަމަވެސް މަސައްކަތުގެ ހިލަމެއް ނެތްފުޓް ސަލް ދަނޑު ހެދުމަށް 22 ޖޫން 2025 ގައި ވަނީ ބިމެއް ދޫކުރެވިފައި - ނަމަވެސް މަސައްކަތުގެ ހިލަމެއް ނެތްބިމުގެ ދަތިކަން މިހާރު ވެސް އޮތް ހޯރަފުށިން މިފަދަ ބިންތަކެއް ދޫކުރެވި އެތަންތަނުގެ މަަސައްކަތް ނުފެށި ރައްޔިތުންނަށް ފައިދާ އެއް ނުވުމުގެ ކަން ބޮޑުވުން ރައްޔިތުންގެ ހޮޅުއަށި ތަކުގައި މިހާރު ވެސް ކުރާއިރު ހޯރަފުށި ދާއިރާގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ވެސް މިހާރު ވަނީ ގަދަވެފަ އެވެ.އިތުރަށް ކިޔާލަން: ހޯރަފުށި ދާއިރާގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ގަދަވެއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ