ކެނެޑާއިން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމައިފި ކެނެޑާއިން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމައިފި

ފަލަސްތީނަކީ މުސްތަގިއްލު ދައުލަތެއްގައި ގޮތުގައި ބަލައިގަތުމަށް ކެނެޑާއިން ވެސް ނިންމާފައިވާކަން އެ ގައުމުގެ ބޮޑުވަޒީރު މާކް ކާނީ ހާމަކުރައްވައިފި އެވެ.
ސެޕްޓެމްބަރު މަހު އޮންނަ އދ. ގެ އާންމު މަޖިލީހުގެ ކުރިން ކެނެޑާއިން ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައިވާކަން ކާނީ ހާމަކުރެއްވީ އިއްޔެ އެވެ.
ކެނެޑާގެ އިތުރުން ޔޫރަޕުގެ ބޮޑު ދެ ބާރު ކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ވެސް ވަނީ ފަލަސްތީނުގެ ދައުލަތް ގަބޫލުކުރަން ނިންމާފަ އެވެ.
މިއީ 2026 ވަނަ އަހަރު އިންތިހާބެއް ބޭއްވުމަށާއި އިސްލާހީ ބަދަލުތައް ގެނައުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ދެއްވި ޔަގީންކަމާ އެކު ނިންމެވި ނިންމެވުމެއް ކަމަށް ކާނީ ވިދާޅުވި އެވެ.
ފަލަސްތީނުގެ މުސްތަގުބަލުގައި ހަމާސްއަށް އެއްވެސް ދައުރެއް ނެތް ކަމަށާއި 2026 ގެ އިންތިހާބުގައި ވެސް ހަމާސްއަށް ވާދަކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ކާނީ ވިދާޅުވި އެވެ.
އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާއިން ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ބަލައިގަތުމަށް ގައުމުތަކުން ނިންމިޔަސް އެކަން ބަލައިނުގަންނާނެ ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ