އަލިމަނިކު ދުއްވި ޕިކަޕުން 14 ފުޅި ބަނގުރާ، އަތުން ޑްރަގް

ބަނގުރާ ފުޅިތަކެއް ގެންގުޅުނު މައްސަލައާ ގުޅިގެން ހުޅުމާލެ ފޭސް އެކަކުން މީހަކު ހައްޔަރު ކޮށްފި އެވެ.
މި މައްސަލާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ގާދިއްފުށި / ނީލާއާކާސް، އަލީމަނިކު (57އ) އެވެ. މީނާ ހައްޔަރު ކޮށްފައި ވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ފޭސް 1 ގެ ފުލުހުން މިއަދު ހިންގި އޮޕަރޭޝަނުގަ އެވެ.
މި އޮޕަރޭޝަނުގައި، ބޯގަންވިލާ މަގުން އޭނާ ދުއްވި ޕިކަޕު ހުއްޓުވައި ބަލައިފާސްކުރިއިރު 14 ފުޅި ބަނގުރާ ފެނިފައިވާ ކަމަށާ އޭނާ ލައިގެންހުރި އަންނައުނު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ