ރީތި އާދަތައް މިހާރު ރާއްޖެއިން ފިލައިގެން ދާން ފަށައިފި: ރައީސް

ރާއްޖެއަކީ ރީތި ސިފަތަކެއް ގެންގުޅުނު ބަޔަކު ދިިރިއުޅުނު ގައުމެއް ކަމަށާއި އެ ރީތި އާދަތައް މިހާރު ފިލައިގެން ދާން ފަށާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.ގައުމީ ދުވަސް ފާހަގަ ކުރުމަށް މިއަދު ހއ. އުތީމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ކުރިން ދިވެހިންގެ ތެރޭގައި އެތަކެއް ރީތި ސިފަތަކެއް ހުރި ނަމަވެސް މިއަދު ހާލަތު ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން މިހާރު ފެނިގެން ދަނީ ވިސްނުމެއް ނެތި އެކެއްގެ ހައްގަށް އަނެކަކު އަރައިގަންނަ މަންޒަރުކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ މިއީ ދިވެހި ޤައުމު މިހާ ހިސާބަށް އިހުގެ އަބްޠާލުން ގެނެސް ދިން ބޭނުން ނޫން ކަމަށް ވިދާޅުވެފަ އެވެ. "މައިންބަފައިންނަށް އިހުތިރާމު އަދާކުރޭ. އަވައްޓެރިންނަށް އޯގާތެރި، މުސްކުޅިންނަށް، އިސްރަށްވެހިންނަށް ހެޔޮކޮށް ހިތާ، ކުޑަަކުދިންނަށް އަޅާލާ. މިހެން ގޮސް ވަރަށް ރީތި ސިފަތަކެއް އޮތް ގައުމެއް މިއީ. މުޖުތަމައެއް މިއީ. އެކަން އިއާދަކުރަން އެއީ އަޅުގަނޑުމެން މިއަދު އަޒުމް އާ ކުރަންވީ ކަމަކީ،" ރައީސް ވިދާޅުވި އެވެ.ކޮންމެ މީހަކަށް ވެސް އަބުރަކާއި އިއްޒަތަކާއި ޝަރަފެއް ލިބިފައިވާ ފަދައިން އަނެކާއަށް ވެސް ހަމަ އެ ވަރަށް އިއްޒަތާއި ޝަރަފާއި އަބުރު ލިބިފައިވާކަން ގަބޫލުކޮށް، މީގެ ކުރިން ރާއްޖޭގައި ދިވެހިވަންތަކަށް އޮތް ގޮތަށް ކަންތައް ކުރަން އަޒުމް އާކުރުމަށް ވެސް ރައީސް ވަނީ މިއަދު ގޮވާލައްވައިފަ އެވެ."އަޅުގަނޑުމެންގެ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫންކަން އަނެކާގެ އިއްޒަތާއި އަބުރާއި ޝަރަފެއް ނޫންކަން އަނެކާގެ އިއްޒަތާއި ޝަރަފަށް އަރައިގަތުމަކީ. އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް މިނިވަންކަމެއް ނޫންކަން ތިމަންނަ ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށްލުމަކީ ބެލުމެއް ނެތި. ތިމަންނަ ހިތަށް އަންނަހާ އެއްޗެއް ގަލަމުން ލިޔުމަކީ،" އެ މަނިކުފާނު ވިދާޅުވި އެވެ.އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ މިކަން ބަދަލުކޮށް ދީނުގައި ދައްކަވައި ދީފައިވާ މަގު ކުރިއަށް ދިއުމަށް އެންމެންވެސް އަޒުމު ކަނޑައަޅަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ މިގޮތަށް ކަންކަން ބަދަލުނުކުރެވިއްޖެ ނަމަ ދިވެހިންގެ އަމިއްލަވަންތަކަށް ގެއްލިގެން ހިނގައިދާނެ ކަމަށް ވިދާޅުވެ ޤައުމަށް އަމާނާތްތެރި އަދި އިޙްލާސްތެރި ބަޔަކަށް ވުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ. ރައީސް ވަނީ އެނޫން ގޮތަކަށް މަސައްކަތްކޮށްގެން ނޫނީ، ވަށާޖެހިފައިވާ ތަރައްގީއެއް ގައުމަށް ނުލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ