ރަންބީރަށް ކަރަން ވަރަށް ތައުރީފު ކޮށްފި

ރަންބީރު ކަޕޫރަށް ކަރަން ޖޯހަރު ތައުރީފު ކުރި އިރު ރަންބީރާއި އޭނާގެ އަންހެނުން އާލިއާ ބަޓް އަށް ކަރަން އަބަދުވެސް ފޭވާ ކުރާ ކަމަށް ތުހުމަތުތައް އޮވެ އެވެ.
ރަންބީރް ކަޕޫރަކީ ކަންތައް ފަލަ، ގޮތްގަނޑު ބޮޑު އެކްޓަރެއް ނޫން ކަމަށް ޑައިރެކްޓަރު ކަރަން ޖޯހަރް ބުނެފި އެވެ.    
ކަރަމް ވަނީ ރަންބީރާ އެކީ "އޭ ދިލް ހެ މުޝްކިލް" އުފައްދާފަ އެވެ. ޑައިރެކްޓަރު ކަރަން ބުނާ ގޮތުގައި ރަންބީރަކީ އެކުގައި މަސައްކަތް ކުރަން ވަރަށް ފަސޭހަ ތަރިއެކެވެ. އެއްވެސް ހާލަތެއްގައި ކަންތައް ފަލައެއް ނުވާނެ އެވެ. އަދި އޭނާއާއެކު މަސައްކަތް ކުރި އެހެން ހުރިހާ ތަރިންނާއި ރަންބީރު ތަފާތު ކަމަށާއި ބޮޑު ޕީއާރް ޓީމެއް ނުގެން ގުޅޭ އިރު އިރު ހުރިހާ ކަމެއް ވެސް އޭނާ އަމިއްލައަށް މެނޭޖް ކުރާ ކަމަށެވެ. ކަރަން ބުނާ ގޮތުންނަމަ ރަންބީރު އެއްވެސް ކަމެއްގައި ރުޅިއެއް ނާދެ އެވެ. އަދި މަސައްކަތަށް ވަރަށް ބޮޑަށް ފަރުވާ ބަހައްޓަ އެވެ. އަބަދުވެސް ޝޫޓް ކުރުމުގައި އަމާޒެއް ގެންގުޅެ އެވެ. ކަރަން ބުނީ ކުރީގެ މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރްގެ ދަރިފުޅަކީ ފިލްމީ އެހެން ތަރިންނާ ހިލާފަށް އޭނަގެ މަސައްކަތްތަކާ ގުޅޭ ކަންކަން ވެސް މުޅިން އަމިއްލަ އަށް މެނޭޖްކުރާ ތަރިއެއް ކަމަށެވެ."ރަންބީރަކީ ތަރިއަކަށް ވެގެން އުޅޭ އެކްޓަރެއް ނޫން، އެއީ ވަރަށް ސާދާ މީހެއް" ރަންބީރު ކަޕޫރަށް ކަރަން ޖޯހަރު ތައުރީފު ކުރި އިރު ރަންބީރާއި އޭނާގެ އަންހެނުން އާލިއާ ބަޓް އަށް ކަރަން އަބަދުވެސް ފޭވާ ކުރާ ކަމަށް ތުހުމަތުތައް އޮވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ