ގާސިމް އެދިވަޑައިގަތީ ރަނގަޅު ގޮތް ނިންމެވުމަށް، ވޯޓްދޭ ގޮތަކުން އިސްތިގުލާލު ގެއްލިދާނެ

"މި ފަހަރު އަޅުގަނޑުމެން ވޯޓްލާ ގޮތަކުން އަޅުގަނޑުމެންގެ ގައުމުގެ އިސްތިގުލާލު ދެމި އޮތުމާއި ނެތުން އޮންނާނީ. އެއީ ހަމަ ކަށަވަރު. އަޅުގަނޑުމެން ބަަނޑަށް ޖެހުމާއި ނުޖެހުން ވެސް ޑިޕެންޑް ވެގެން ދަނީ އޭގެ މައްޗަށް،"
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގައުމަށް އެންމެ ރަނގަޅު ގޮތް އިހްތިޔާރު ނުކުރައްވައިފިނަމަ ގައުމުގެ އިސްތިގުލާލު ގެއްލި ހިނގައިދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ށ. ކޮމަންޑޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެ މިހާރު އޮތް ހާލަތާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ރައްޔިތުން އެކަމާމެދު ވިސްނާ ވަޑައިގަތުމަށް އެދިވަޑައިގަތެވެ.އެމަނިކުފާނު ވިދާޅުވީ މިދިޔަ އަހަރު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރުގެ ކެންޑިޑޭޓް އިންތިހާބު ކޮށް ދިނުމަށް އެދިވަޑައިގެން ރައްޔިތުން ކައިރިއަށް ވަޑައިގެންނެވިއިރު ރާއްޖެ މިހާ ދެރަ ދަތި ހާލަތެއްްގައި އޮތް ކަމެއް ދެކެވަޑައިނުގަންނަވާ ކަމަށެވެ.ގާސިމް ވަނީ މި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަދު ބޭރުގެ ސިފައިން ތިބި ކަމަށާ އެއީ ނުރައްކަލެއް ކަމަށެވެ."މި ފަހަރު އަޅުގަނޑުމެން ވޯޓްލާ ގޮތަކުން އަޅުގަނޑުމެންގެ ގައުމުގެ އިސްތިގުލާލު ދެމި އޮތުމާއި ނެތުން އޮންނާނީ. އެއީ ހަމަ ކަށަވަރު. އަޅުގަނޑުމެން ބަަނޑަށް ޖެހުމާއި ނުޖެހުން ވެސް ޑިޕެންޑް ވެގެން ދަނީ އޭގެ މައްޗަށް،"ގާސިމް މިއަދު ވެސް ވިދާޅުވީ ކޮންމެ ފަދަ އަނިޔާއެއް ދިނަސް ހައްގު ބަސް ވިދާޅުވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ހަގީގަތް ސާފުކޮށް ދިނުމުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ