އުރީދޫއަށް 18 އަހަރު؛ ހަދިޔާ އަކަށް ދިނީ ތްރޮޓްލް ނުވާ، އަންލިމިޓެޑް ސުޕަނެޓް ޕްލޭންއެއް!

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ތްރޮޓޮލް ނުވާ އަންލިމިޓެޑް ސުޕާނެޓް ޕްލޭން އެއް ތަޢާރަފް ކޮށްފި އެވެ. 
އުރީދޫ ގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މީރުމާގައި އިއްޔެ ބޭއްވުނު ހާއްސަ ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން، އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވަނީ، 18 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް އެކުންފުނިން ތަޢާރަފް ކުރި ޚާއްސަ އޮފާތަކާއި ބެހޭ މައުލޫމާތު ތައް ހިއްސާކުރައްވާފައެވެ.
އެގޮތުން ނިޔާޒު ވިދާޅުވީ 18 ވަނަ އަހަރީ ދުވަހާއި ގުޅުވައި އެ ކުންފުނިން ތްރޮޓްލް ނުވާ، އަންލިމިޓެޑް ސުޕަނެޓް ޕްލޭން ތައާރަފް ކޮށްފައިވާ ކަމަށެވެ. އަދި މި އައު ފައިބަރ ސުޕަރނޭޓް ޕްލޭނަކީ ތްރޮޓްލް ނުވާ އަންލިމިޓެޑް ސުޕަނެޓް ޕްލޭންއެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވީ މި ޕްލޭން ނަގައިގެން މުޅި މަހު 18 އެމްބީޕީއެސް ސްޕީޑާއެކު މެދުނުކެނޑި އިންޓަނެޓް ގެ ހިދުމަތް ލިބޭއިރު މި ޕްލޭނަށް މަހަކު ދައްކަން ޖެހެނީ އެންމެ 599 ރުފިޔާ ކަމަށެވެ. 
"ސުޕަރނެޓް އަޅުގަނޑުމެން މި އިންޓްރޮޑިއުސް ކުރީ 18 އެމްބީޕީއެސްގެ އަންލިމިޓެޑް ޕްލޭން އެއް. އަންލިމިޓެޑް އޭ ބުނީމާ ހިތަށް އަރާފާނެ މިހާރުވެސް އަން ލިމިޓެޑް ޕްލޭން ހުރެއޭ. އެކަމަކު މި ޕްލޭން އެއް ތްރޮޓޮލް އެއް ނުވާނެ. މިއީ އަޅުގަނޑުމެންގެ 18 ވަނަ އަހަރީ ދުވަހާއި ގުޅުވާފައި، 18 އެމްބީޕީއެސްއާއި ހަމައަށް މީތި ބްރޯޑްވެގެން ދާނެ. މީގައި އެއްވެސް ލިމިޓެއް ނީންނާނެ. މަސް ނިމޭންދެން ހަމަ ބޭނުން ކުރަންވީ. ތްރޮޓޮލް އެއް ނުވާނެ." 
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު
ނިޔާޒު ވިދާޅުވީ މި ޕެކޭޖު ތްރޮޓޮލް ނުވުމަކީ ސްޕާނެޓް ބޭނުން ކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. 
އުރީދޫ ގެ އަހަރީ ދުވަހާ ގުޅުވައިގެން ތައާރަފްކުރެވުނު މި އައު ޕްލޭން ފަރުމާކޮށްފައި ވަނީ މެދުކެނޑުމެއްނެތި، އިންޓަނެޓް ބްރައުޒިކޮށް، ސްޓްރީމްކޮށް އަދި ގޭމުކުޅޭ ފަރާތްތަކަށްވެސް އެކަށޭނެހެން ކަމަށް އެ ކުންފުނިން ބުނެއެވެ. މި ޕްލޭން އެކްޓިވޭޓްކޮށްލުމަށް http://ore.do/supernetunlimited ޒިޔާރަތް ކޮށްލުމަށް އެ ކުންފުނިން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ