ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ޕީއެންސީއަށް!

ތުލުސްދޫ ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ނަސީމް ޕީއެންސީއަށް ސޮއި ކުރައްވައިފި އެވެ.
އިބްރާހިމް ނަސީމް ޕީއެންސީއަށް ސޮއި ކުރެއްވިކަން އިއުލާނު ކުރީ ޕީޕީއެމްއިން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ޕީޕީއެމުން ވަނީ އިބްރާހިމް ނަސީމްއަށް މަރުހަބާ ކިޔައިފަ އެވެ.
އިބްރާހިމް ނަސީމް ޕީއެންސީއާ ގުޅިގަވަޑައިގަތުމާ އެކު މަޖިލީހުގައި ޕީޕީއެމް/ޕީއެންސީ ތަމްސީލު ކުރައްވާ މެންބަރުންގެ އަދަދު ވަނީ ނުވައަކަށް އަރައިފަ އެވެ.
ރިޔާސީ އިންތިހާބުގެ ފޯރިއާ އެކު މަޖިލިސް މެންބަރުންގެ މެދުގައި އަނެއްކާވެސް ވަނީ ޕާޓީ ބަދަލު ކުރުމުގެ ރޫހެއް އާލާވެފަ އެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ މެދުތެރެއިން ލ. ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު މޫސާ ސިރާޖު ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ